ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ލަސްނުކޮށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ: މައުމޫން

އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް.... ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަގުތު ފާއިތު ނުވަނީސް މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ރާއްޖެއިން އިއްޔެ ރެކޯޑް އަދަދަށް މީހުން ޕޮޒިޓިވް ވުމާގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަތޮޅު ތެރޭގައި އެއްރަށުން އަނެއްރަށަށް ދަތުރު ނުކުރެވޭނެހެން އަޅާފައިވާ ފިޔަވަޅާއި އެއްގޮތަށް މާލެ ސަރަހައްދުގައިވެސް ހަރުކަށި ފިޔަވަޅުތައް އަޅަން އަވަސް ކުރަންޖެހޭ ކަމަށެވެ.

“ރަށްރަށަށް ދަތުރު ކުރުން މަނާ ކުރުން އެއީ ކޯވިޑް ކޮންޓްރޯލު ކުރަން ކޮންމެހެން ކުރަން ޖެހޭ ކަމެއް. މާލޭގައި ވެސް ލަސްނުކޮށް ހަރުދަނާ ފިޔަވަޅުތަކެއް މިހާރުން މިހާރަށް އަޅަން ޖެހޭ. ނޫނީ މާ ލަސްވެދާނެ.” ރައީސް މައުމޫން ވިދާޅުވިއެވެ.

މާލެ ސަރަހައްދު ފިޔަވައި ޒަރޫރީ ބޭނުމެއް ނެތި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކުރުމާއި، އަދި އެ ފިޔަވަޅު އަޅާފައިވާ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެ ނޫންވެސް ޟަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރަން އެޗްޕީއޭއިން އިއްޔެ ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: