ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ރާއްޖެ ވަނީ ނޫސްވެރިކަމުގެ ރޮނގުން ހަރުފަތްތަކެެއް ގިރާކޮށްފައި: އެމްއެމްސީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ވެސް ރާއްޖެ ވަނީ ނޫސްވެރިކަމުގެ ރޮނގުން ހަރުފަތްތަަކެއް ގިރާކޮށްފައި ކަމަށް މޯލްްޑިވްސްް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާއްސަބަތުގައި މޯލްޑިިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ދެއްވި ހިތޯބުގައި ވިދާޅުވީ މިއަހަރަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގައި އައު ހަރުފަތްތަކެއްގިރާކޮށް އިންޤިލާބީ ބަދަލެއް ގެނުވި އަހަރެއް ކަމަށާއި ސަބަބަކީ ނޫސްވެރިކަމުގެމިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި މި އަހަރު މިވަނީ ދިވެހިރާއްޖެއިން އިތުރު 7 ދަރަޖައިގެ ކުރިއެރުމެއް ހޯދައި އެ އިންޑެކްސްގެ 72ވަނައަށް އަރާފައިވުން ކަމަަށެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުން މިއަހަރުވެސް ފާހަގަކޮށްލެވޭ ކާމިޔާބެއްކަމަށްވާތީ، ރާއްޖޭގެ އެންމެހާ ނޫސްވެރިންނާއި މީޑިއާތަކަށް ވަނީ މަރުހަބާ ދަންނަވާފައެވެ.

“ވޭތުވެދިޔަ ތިން އަހަރުވެސް ނޫސްވެރިކަމުގެ މިނިވަންކަމުގައި، ދިވެހިރާއްޖެއިންއެއް އަހަރަށްވުރެ އަނެއް އަހަރު ކުރިއެރުން ހޯދަމުން ގެންދިއުމަކީ މޯލްޑިވްސް މީޑިއާ ކައުންސިލުން ނުހަނު އުފަލާއެކު ފާހަގަކުރާކަމެކެވެ. ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވީހިނދު، އެ މިނިވަންކަން އެންމެފުޅާ ދާއިރާއެއްގައި ލިބިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ.” ބަޔާނުގައި ވެއެވެ.

ބަވަނަވަމުން މިދާ ދުނިޔެ ދައްކުވައިދޭ ހަގީގަތަކީ އެއްވެސް ކަމެއް ތާއަބަދު އެއްގޮތަކަށް ދެމި ނޯންނާނެކައް ކަމަަށާއި މިގޮތުން މިދިޔަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ޢާލަމީވަބާގެ އެކި މަރުހަލާތައް ކަޑައްތުކޮށް މިއަދު ނޫސްވެރިންނާއި މީޑިއާތައްވެސް މަސައްކަތް ކުރަންޖެހިފައިމިވަނީ އާ އާންމު ހާލަތުގައިކަމަށްވީ ހިނދު، ރައްޔިތުންނާ ހަމަޔަށް ހާމަކަމާ ހަމަހަމަކަމާއެކު ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިން އެއްވެސް ވަރުބަލިކަމެއްނެތި މަސައްކަތްކުރަމުންދާކަމީ ތައުރީފު ހައްގު ކަމަށް ބަޔާނުގައި ވެއެވެ.

“ޔުނެސްކޯއިން މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަށްކަނޑައެޅުއްވި ޝިޢާރަކީ،  “Information as a Public Good” މި ޝިޢާރެވެ. ދިވެހިން މާނަކޮށް ދަންނަވާކަމަށްވަނީނަމަ “މައުލޫމާތު ރައްޔިތުންގެ ހައްޤެއްގެ ގޮތުގައި” މިއެވެ. މި ޝިއާރުން ދޭހަކޮށްދެނީ، ފޮރުވުމެއްނެތި ހާމަކަމާއެކު މައުލޫމާތު ލިބިގަތުމަކީ ރައްޔިތުންގެ ހައްގެއްކަމާއި މައުލޫމާތަކީ،އެއްވެސް ފަރާތެއް ބާކީ ކުރުމެއްނެތި، މުޅި މުޖުތަމައުގެވެސް މިލްކެއްގެ ގޮތުގައި ދެކިގެން މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަމެވެ. އަދި ނޫސްވަރިންނަކީރައްޔިތުންނާއި މުއައްސަސާތަކާއި ގުޅުވައިދޭ މުހިއްމު ފާލަމަކަށް މިވަނީ ވެފައެވެ. އެހެންކަމުން، ނޫސްވެރިންނާއި، ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުން މި މަގަށް މަސައްކަތްކުރުމަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަގުފަހިވެގެންދާނެކަމެއްކަމާމެދު ޝައްކެއް ނެތެވެ.” ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނީ ނޫސްވެރިންގެ ޙަޔާތުގެ ދަތުރަކީ ނިކަން އަޑިގުޑަން ބޮޑު އަދި އެހާމެ އުނދަގޫ މަގެއްގައި ކުރެވޭ ދަތުރެއް ކަމަށާއި ކުރިމަތިލާންޖެހޭ ކޮންމެ ކަމަކުން، އެތައް ބަޔަކަށް އެތައް ފިލާވަޅުތަކެއް ލިބިގެން ދާ ކަމަށެވެ. މިހެންކަމުން ހުރިހާ ނޫސްވެރިންވެސް ކަންކަމުން އިބުރަތް ހާސިލުކޮށް ކުރިއަށް ދިމާވެދާނެ ކޮންމެކަމަކަށް ލޯ ހުޅުވައިގެން ތިބުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށާއި މިހާރުވެސް ރައްޔިތުންނާ ހަމައަށް ޚަބަރާއި އެންމެފަހުގެ މަޢުލޫމާތު ފޯރުކޮށްދެމުންދާއެންމެހައި ނޫސްވެރިންނާއި މީޑިއާތަކުގެ މަސައްކަތަށް ފަށްފަށުން ޝުކުރުދަންނަވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރުމާއެކު އެ މިނިވަންކަމުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމަށް އަބަދުވެސް ބާރުއަޅާ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުންނަށްވެސް މިފުރުޞަތުގައި ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވާ ކަމަށް ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: