ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޭޕަރުތައް ލީކުވަމުން ދާތީ ރާއްޖޭގައި އޭލެވެލް އިމްތިހާން ކެންސަލްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޕޭޕަރުތައް ލީކުވުމާ ގުޅިގެން މިހާރު ކުރިއަށް ދާ އޭލެވެލް އެޑެކްސެލް އިމްތިހާނު އިތުރަށް ކުރިއަށް ނުގެންދަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވީ ޕޭޕަރުތައް ލީކުވުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ މިހާރު ކުރިއަށްދާ އިމްތިހާނުގެ ބަދަލުގައި ދަރިވަރުންނަށް ދެ އޮޕްޝަނެއް ދިނުމަށް ކަމަށެވެ.

“އެޑެކްސެލް އިން ވަނީ ދެ ޗޮއިސެއް ދީފައި. އެއް ޗޮއިސަކީ މިހާރު އިމްތިހާނު ހަދަމުންދާ ކުދިން މިހާރުގެ ސީރީޒް އިން ވިތްޑްރޯކޮށްފައި އަންނަ އޮކްޓޫބަރު/ނޮވެމްބަރު މަހުގެ ސީރީޒް އަށް ބަދަލުވުން. އެގޮތަށް ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު މި ހުޅުވާލީ” މިނިސްޓަރު ވިދާޅުވިއެވެ.

މޭ-ޖޫންގަ އިމްތިހާން ނިންމަން ބޭނުންވާ ކުދިންނަށް ދެވޭނީ ފީޗަރ ބޭސްޓް އެސެސްމަންޓެއް ކަމަށާއި މިއީ ސްކޫލުން ތައްޔާރުކުރާ އިމްތިހާން ކަރުދާސްތަކެއް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެ ކަރުދާސްވެސް އޮންނާނީ ހަމަ އެޑެކްސެލްގެ މިންގަނޑަށް ކަމަށާއި ލިބޭނީ ވެސް އެޑެކްސެލް ގްރޭޑް ސެޓްފިކެޓް ކަމަށް މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

ފީޗަރ ބޭސްޑް އެސެސްމަންޓް ހަދާ ކުދިންގެ އިމްތިހާން، ޖޫންމަހު ނިންމޭނެގޮތަށް އިންތިޒާމްތައް ހަމަޖައްސާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއެވެ. އަދި އޮކްޓޯބަރ-ނޮވެމްބަރަށް އިމްތިހާނު ހެދުން ބަދަލުކުރަން ބޭނުންވާ ކުދިންނަށް އެ އިންތިޒާމު، އެކުއްޖަކު ޓެސްޓުހަދާ މަރުކަޒަކުން ހަމަޖައްސައިދޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: