ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަކިކޮށްފި

ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަހީދު ވަކިކޮށްފި އެވެ.

ޒަހާ މަގާމުން ވަކި ކުރިކަން، އެންގީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކުރެއްވި ފޯނު ކޯލެއް މެދުވެރިކޮށެވެ.

ޒަހާ މިނިސްޓަރުކަމުގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ، އެމްއާރްއެމްގެ ސްލޮޓެއްގަ އެވެ.

ޒަހާ މިނިސްޓަރުކަމުގެ މަގާމުން ވަކި ކުރިއިރު، ކައުންސިލް އިންތިހާބުގެ ދަށް ނަތީޖާއާއި އެކު ސަރުކާރުގެ ހިންގުމާއި ކެބިނެޓަށް ގެނައުމަށް ނިންމި ބަދަލުތަކުގެ ތެރޭގައި ޒަހާ ވަކި ކުރާނެކަމުގެ އަޑުތައް ވެސް ފެތުރުނެވެ.

އެނގިފިވާ ގޮތުނަ، ފިޝަރީޒް މިނިސްޓަރުކަމަށް ދެން އައްޔަން ކުރާނީ މިވަގުތު އެންވައިރަމެންޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަނެވެ. އަދި އެންވަޔަރްމަންޓް މިނިސްޓަރަކަށް އައްޔަން ކުރައްވަނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދެރަކަމެއް، އެއްވެސް ކުށެއްނެތި ވަކި ކުރުމަކީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: