ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ފުރިހަމަ ކުރުމުން ދަތުރު ކުރުމަށް ދިން ލުއިތައް މެދުކަނޑާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމުން ދަތުރު ކުރުމަށް ދިން ލުއިތައް މެދުކަނޑާލައިފިއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި މިހާރު ދެ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދު ލައްކައަށްވުރެ ގިނަ އެވެ. ވެކްސިން ފުރިހަމަ ކޮށް 14 ދުވަސް ހަމަވުމުން ކަރަންޓީން ނުވެ ރަށްރަށަށް ދެވޭނެ އުސޫލެއް އެޗްޕީއޭއިން އޮތީ އިއުލާނުކޮށްފައެވެ.

ނަަމަވެސް މިރޭ ސަރުކާރުން އިއުލާނުކުރި ފިޔަވަޅުތަކުގައި ބުނެފައިވަނީ ވެކްސިން ފުރިހަމަ ކުރުމުން ލިބޭ ލުއި ނުދޭން ނިންމާފައިވާ ކަމަށެވެ.

މި ނިންމުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ގެ ނިޔަލަށެވެ. މި ފިޔަވަޅުތައް އަޅާފައިމިވަނީ ކޮވިޑް ފެތުރުން އިންތިހާ އަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ހިދުމަތް ދިނުން އޮންްލައިން ކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި މާލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމާއި ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުމާއި ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.

އަދި މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދު މަނާކުރުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: