ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލްތަކާއި އޮފީސްތައް ވެސް ބަންދުކޮށްފި

ދަރިވަރަކު ސްކޫލަށް ވަނުމުގެ ކުރިން ހުން ހުރިތޯ ބަލަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ކޭސްތައް އިތުރުވަމުން އަންނާތީ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލްތަކާއި ސަރުކާރުގެ ހުރިހާ އޮފީސްތައް 10 ދުވަހަށް ބަންދުކޮށްފިއެވެ.

ރޭ އިއުލާނުކުރި ފިޔަވަަޅުތަކުގެ ތެރޭގައި ސުކޫލުތަކުގައި ހަމައެކަނި އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އިމްތިހާނުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބެއެވެ.

މީގެ އިތުރުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ހިދުމަތް ދިނުން އޮންްލައިން ކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި މާލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމާއި ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުމާއި ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.

އަދި މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދު މަނާކުރުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: