ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަަށް 396،983 ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ

ރާއްޖެއައި ފަތުރުވެރިންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުތެރޭ ރާއްޖެއަށް 396،983 ޓޫރިސްޓުން އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހު 92،103 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އަދި ފެބްރުއަރީ މަހު މި އަދަދު 96،682 އަށް އިތުރުވި އެވެ. އަދި މާޗު މަހު އައިސްފައި ވަނީ 109،585 އަށް އިތުރުވެފަ އެވެ. އަދި މިދިޔަ އެޕްރީލް މަހު އައިސްފައިވަނީ 91،200 ޓޫރިސްޓުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އައިސްފައިވާ 396،983 ޓޫރިސްޓުންނަކީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި އައި 655،916 ޓޫރިސްޓުންނާ އަޅާ ބަލާއިރު 39.5 ޕަސެންޓުގެ ދަށް އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިހާރު އެވްރެޖު ގޮތެއްގައި ރާއްޖެއަށް 3،325 ޓޫރިސްޓުން އާދެ އެވެ. އަދި މިހާރު އެވްރެޖު ގޮތެއްގައި ޓޫރިސްޓުން ރާއްޖޭގައި ތިބެނީ ނުވަ ދުވަހު އެވެ.

ރާއްޖެއަށް މި އަހަރުގެ ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: