ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު ނުގެނެވި އަހަރެއް: އެއްބަސްވުން ބާތިލުކޮށް ނޯޓިސްއެއް!

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ތެރޭގައި ރާއްޖޭއަށް ވެންޓިލޭޓަރު ގެނައުމަށް ހެލްތް މިނިސްޓްރީ އާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލު ކުރުމަށް އެ ކުންފުންޏަށް ޓާމިނޭޝަން ނޯޓިސް ފޮނުވައިފި އެވެ.

ކޮވިޑުގެ ދުވަސްވަރު ހެލްތް މިނިސްޓްރީން ކުރި މަސައްކަތްތަކުގެ ތަފްސީލުތައް ހިމެނޭހެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓުން ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށްފައި ވެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީގެ މަސައްކަތްތަކުގައި ބޮޑެތި އޮޅުވާލުންތަކާއި، ނާޖާއިޒް ފައިދާ ހޯދައިދިނުން އަދި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާ ގިނަ އަމަލުތަކެއް ހިންގާފައިވާކަން ވަނީ ހާމަވެފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ދުބާއީގެ ކުންފުންޏާއިއެކު ވީ އެއްބަސްވުން ފާހަގަކުރެވެ އެވެ.

އެއްބަސްވުމާއި އެއްގޮތަށް އެގްޒެކިއުޓާސް އިން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ޖެހެއެވެ. މިއަދާއި ހަމައަށް ވެސް އެ ވެންޓިލޭޓަރުގެ ހިލަމެއް ނުވެއެވެ.

ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއި ހަވާލުކުރުމަށް، ހެލްތް މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 01 ވަނަ ދުވަހު އެވެ.

މިއެއްބަސްވުން ބާތިލު ކުރުމުގެ ޓާމިނޭޝަން ނޯޓިސް ފޮނުވީ، މި މަހުގެ 02 ވަނަ ދުވަހު އެވެ. 

އެއްބަސްވުމުގައިވާ ގޮތުން، އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ.

މައްސަލައިގެ އާބިޓްރޭޝަން ރާއްޖޭގައި ހިންގާއިރު އަމަލު ކުރާނީ، ރާއްޖޭގެ ޤާނޫނަށެވެ. އަދި އާބިޓްރޭޝަން ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައެވެ.

މި އެއްބަސްވުމުގައިވާ ގޮތުން، މައްސަލަ ބަލާނީ 1 އާބިޓްރޭޓަރެވެ. އެކަން ފާހަގަކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން މީޑިއާތަކާއި ހިއްސާކުރި ބަޔާނުގައި ބުނީ، ސެންޓަރުގައި މައްސަލަ ބެލުމަށް ރަޖިސްޓްރީވެފައިލ ވަނީ ރާއްޖޭގެ ބޭރުގެ ތަޖުރިބާކާރު އާބިޓްރޭޓަރުން ކަމަށެވެ.

އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ރިޕޯޓު ދައްކާގޮތުން، އެގްޒެކިއުޓާސް އާއި އެކު ހެލްތް މިނިސްޓްރީއިން ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނަން ބުނި 75 ވެންޓިލޭޓަރެއްގެ ތެރެއިން 65 ވެންޓިލޭޓަރެއް އެއީ އައިސީޔޫ ވެންޓިލޭޓަރުތަކެވެ. އަދި އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ކުންފުންޏާއި އެކު އެއްބަސްވެފައިވަނީ ވެންޓިލޭޓަރަކަށް -/150,501 ރުފިޔާއަށެވެ.

އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދައި، ޕްރޮޖެޓްގެ ޖުމްލަ އަގުގެ ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި ދީފައިވުމުގެ ސަބަބުން، އެގްޒެކިއުޓާސްގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތިކަމަކަށް ވާނެކަމަށް އޮޑިޓުގައި ވަނީ ބުނެފައެވެ. އަދި އޭގެ ސަބަބުން މާލީގޮތުން ބޮޑު ގެއްލުމަކަށް ދައުލަތް ހުށަހެޅިފައި އޮތްކަމަށް އޮޑިޓު ރިޕޯޓުގައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: