ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ކައުންސިލަރުން ހުވާކުރުން މި މަހު 17 ގައި

މާލޭ ސިޓީގެ މޭޔަރު ކަމަަށް އިންތިހާބުވި ޑރ. މުހައްމަދު މުއިއްޒު— ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލުތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުން މަގާމުގެ ހުވާކުރުން މި މަހުގެ 17 ގައި ބާއްވަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދާނީ އޮންލައިންކޮށެވެ.

ކޯވިޑް-19އާ ގުޅިގެން ދެ ފަހަރެއްގެ މަތީން ފަސްކުރަންޖެހުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްގައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.

ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީންނެވެ. އެގޮތުން އިންތިހާބުގައި އެމްޑީޕީން 804 ގޮނޑި އަށް ވާދަކޮށް އޭގެތެރެއިން 400 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.

އިދިކޮޅު ޕީޕީއެމުން 646 ގޮނޑި އަށް ވާދަކުރިއިރު 325 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: