ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިސީޔޫ ފުރުނުއިރު، އާ ވޭރިއެންޓެއް ރާއްޖޭގައި އުޅެދާނެކަމުގެ ބިރު!

އައްޑޫގައި ކޮވިޑުގެ ކޭސްތައް ދަނީ ވަރަށް ބޮޑުތަނުން އިތުރުވަމުން/ ފޮޓޯ: އެޗްއީއޯސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑު-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ބަލި މީހުންނަށް ފަރުވާދިނުމަށް ހައްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 އައިސީޔޫ ފުރިފައިވާ ކަމަށް ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފި އެވެ.

އެްޗްއޯސީން މިއަދު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިވަގުތު ޑީއެޗް 11 ގައި ހަ މީހަކަށް ފަރުވާދެމުން ގެންދާ ކަމަށެވެ. އަދި އައިސީޔޫގައި ނުވަ މީހަކަށް ފަރުވާދެމުންދާ ކަމަށް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ޖުމްލަ 200 މީހެއްގެ ހާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

“ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ގާތްގަނޑަކަށް މިހާރު މިއޮތީ ފުލްވެފައި. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ފާހަގަކޮށްލަން ބޭނުންވާ ކަމެއް.” މަބްރޫކް

ރާއްޖެއިން ކޮވިޑުގެ ކޭސްއެއް ފެނުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު، މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ކޭސްތަކުގެ އަދަދު ނުދާހާ މައްޗަށް މި މަހުގެ ތެރޭގައި ވަނީ ގޮސްފައެވެ. އެގޮތުން އަންގާރަ ދުވަހު ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 600 އިން މައްޗަށް އަރާފައެވެ. އޭގެ ތެރެއިން 440 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ޑރ. މުހައްމަދު އަލީ ވިދާޅުވީ ރާއްޖެ މިއޮތީ ކޮވިޑުގެ ވަރަށް ނުރައްކާތެރި ހާލަތެއްގެ ތެރޭގައިކަމަށެވެ. އަދި ބަލި ޖެހޭ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެފައިވާއިރު މިއީ ރާއްޖެ ކުރިމަތިލާ ހަތަރުވަނަ ރާޅުކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ، ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވީ އާ ވޭރިއެންޓެއްގެ ސަބަބުންކަމަށް ބެލެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، ފަހަކަށް އައިސް ބަލީގެ ސަބަބުން ހާލަތު ގޯސްވާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވުމެވެ. މީގެ ތެރެއިން ގިނަ މީހުންނަށް ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވަންދެން ވެންޓިލޭޓަރުގައި ފަރުވާދޭންޖެހޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގައި އެހާ ގިނަ އަދަދެއްގެ މީހުންނަށް ވެންޓިލޭޓަރަށް ލައި ފަރުވާދެވޭނެ ކެޕޭސިޓީއެއް ނެތްކަމަށް ޑރ. މުހައްމަދު އަލީ ފާހަގަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: