ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހުނު މާބަނޑު މީހެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި!

ދަރުމަވަންތަ ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އަށް ޕޮޒިޓިވް ވި މާބަނޑު މީހެއްގެ ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެެވެ.

މާބަނޑު މީހުން ހިމެނެނީ މިބަލީގެ ހައި ރިސްކް މީހުންގެ ކެޓަގަރީ ތެރޭގައެވެ.

އެޗްއީއޯސީން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ، ހާލުދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫގައި ނުވަ މީހަކު އެޑްމިޓުކޮށްފައިވާއިރު ހަ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އޭގެތެރޭގައި ވެންޓިލޭޓަރަށް ނުލާއޮތް ހާލު ސީރިއަސް މާބަނޑު މީހަކުވެސް ހިމެނޭ ކަމަށެވެ. އަދި އެ މީހާއަކީ މިހާތަނަށް ރާއްޖޭގައި ހާލު ސީރިއަސް ނުވާވަރަށް ހާލަތު ގޯސް ވެފައިވާ މީހެއްކަމަށް ޑރ. މުހައްމަދު ވަނީ ވިދާޅުވެފައެވެ.

ޑރ. މުހައްމަދު ވިދާޅުވީ ކޮވިޑް އެންމެ ފުރަތަމަ ފެނުނުއިރު މާބަނޑު މީހުންނަކީ އެހާ ހައިރިސްކު ބައެއް ނޫންކަމަށް ނިންމާފައި ވާނެ ކަމަށެވެ. އަދި މިހާތަނަށްވެސް މާބަނޑުމީހުން ކޮވިޑް ޖެހިގެން ބަލިވިކަމަށްވީނަމަވެސް ބަލިހާލަތު ސީރިއްސްވެގެން އައިސީޔޫއަށް ލާންޖެހޭ ވަރަށް ނުދާކަމަށް ޑރ މުހައްމަދު ވިދާޅުވިއެވެ. އެހެންނަމަވެސް މިވަގުތު އައިސީޔޫގައި އޮތް މީހާއަކީ އެ މިންވަރަށް ހާލު ސީރިއަަސްވެފައިވާ މީހެއްކަމުން އާ ވޭރިއެންޓެއް އުޅުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތް ކަމަށް ޑރ މުހައްމަދު ވިދާޅުވިއެވެ.

ހާލު ސީރިއަސް މާބަނޑު މީހަކު އައިސީޔޫގައި އޮތްއިރު މީގެކުރިންވެސް ކޮވިޑް ޖެހިފައިވާ މާބަނޑު ތިން އަންހެނުން ވިހޭ ތިން ކުދިންނަށް ވެޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށާއި، ފަރުވާ ދިނުމުގެ ކަންކަމަށް ބޭނުންވާ މެޝިނާއި ނަރުހުން އެކަށީގެންވާ ވަރަށް ނެތް ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް މީގެ ކުރިން ވަނީ ވިދާޅުވެފައެެެވެ. ޅ

ޑރ. މުހައްމަދު ވިދާޅުވީ ކުރީގެ ވައިރެސް އުޅުންކަމުގައި ވީނަމަވެސް އަދި އާ ވޭރިންއެންޓެއް އުޅުނު ކަމުގައި ވީނަމަވެސް ރައްކާތެރިކަމަށް އަަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް އެޅެމުންދާނަމަ މިބަލި މިހާ ހިސާބަށް ނުދިޔައީސް ކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެޜޭގައި ކޮވިޑް-19އަށް ރެކޯޑް އަދަދަކަށް މީހުންވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން އިއްޔެ 601 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިބަލީގައި މިހާތަނަސް ރާއްޖެއިން 74 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 10 ބިދޭސީންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: