ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ގޮތެއް އަންގަންދެން ކުރިން ދޫކޮށްފައިވާ ފާސްތައް ބޭނުން ކުރެވޭނެ: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެޅި ފިޔަވަޅުތައް ތަންފީޒް ކުރުމުގެ މަސައްކަތް ކުރިއަަށްގެންދާއިރު، އެންމެ ފަހުން ހިންގި ކާފިއުގައި ބޭނުން ކުރުމަށް ފުލުހުން ދޫކޮށްފައިވާ ދާއިމީ ފާސްތައް ވަކި ގޮތެއް އަންގަންދެން ބޭނުންކުރެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިރެއިން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރޭގަނޑު 12:00 އިން ފެށިގެން 04:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާ އެންގުން ތަންފީޒް ކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

އަދި ފުލުހުން އެޗްޕީއޭގެ އެންގުން ތަންފީޒް ކުރުމުގެ މަސައްކަތް ކުރިއަަށްގެންދާއިރު، އެންމެ ފަހުން ހިންގި ކާފިއުގައި ބޭނުން ކުރުމަށް ފުލުހުން ދޫކޮށްފައިވާ ދާއިމީ ފާސްތައް ވަކި ގޮތެއް އަންގަންދެން ބޭނުންކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ވެހިކަލް މަނާ ގަޑިތަކުގައި ހުއްދަ އަށް އެދެން އެ ސާވިސްގެ ޕޮލިސް ޕާމިޓް ޕޯޓަލް ބޭނުންކޮށްގެން ހުއްދައަށް އެދިލެވޭނެ ކަމަށެވެ.

އަދި ޕޮލިސް ޕާމިޓް ސެންޓަރު ނަމްބަރު 1665 އަށް ގުޅައިގެންވެސް ހުއްދައަށް އެދިލެވޭނެކަމަށް ފުލުހުން ބުނެއެވެ.

އަދި ކުރިން ނޫސްވެރިންނަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޫކުރި ފާސްތައް ނޫސްވެރިންނަށް އެގަޑިތަކުގައި ބޭނުން ކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: