ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 114،000އިން މައްޗަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ދިފާއުމުވަށް ޖަހާ ކޮވިޑް ޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އިތުރު 5،746 މީހުން ފުރިހަމަ ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުން ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 5،746 މީހުންގެ ތެރޭގައި މާލޭ ސަރައްޙައްދުން ވެކްސިން ޖެހި 2،350 މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުން 3،396 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 114،240 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 757 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 276 މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 481 މީހަކެވެ. މިއާއިއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 298،396އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިނާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ހަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ. މިތަންތަނުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއެއްގެ 9:00އިން ފެށިގެން 11:45އަށެވެ.

ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ޝީލްޑް ވެކްސިން ވަގުތީ ގޮތުން ދިނުން މިހާރު ވަނީ ހުއްޓާލާފައެވެ. ކޮވިޝީލްޑް ވެކްސިން ޖެހުން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ ރާއްޖޭގައި މިވަގުތު ހުރި ކޮވިޝީލްޑް ވެކްސިން ސްޓޮކް މަދުވުމުގެ ސަބަބުންނެވެ. ސްޓޮކް މަދުވެފައިމިވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ރާއްޖެއަށް ލިބެންޖެހޭ ކޮވިޝީލްޑްގެ ވެކްސިން ޝިޕްމަންޓް މިދިޔަމަހު ލިބިފައިނުވާތީ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އިންޑިއާގެ ވެކްސިން ކުންފުންޏާއެކުވެފައިވާ އެއްބަސްވުމުގެ ދަށުން އިންޑިޔާއިން ތިން ލައްކަ ވެކްސިން ޑޯޒް ހޯދުމަށްވަނީ ފައިސާ ދައްކާފައެވެ.

ކޮވިޝީލްޑް ވެކްސިންޖެހުން އާއްމުކޮށް ހުއްޓާލިނަމަވެސް ބަލީގެ ހައިރިސް މީހުންނަށާއި، ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 12 ހަފްތާ ހަމަވެފައިވާ ފަރާތްތަކަށް ކޮވިޝީލްޑް ވެކްސިން ދެމުންގެންދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: