ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުން ރައްކާތެރިވެ ތިބުމަށް ނައިބު ރައީސް އިލްތިމާސް ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އިންތިހާއަށް އިތުރުވަމުން ދާ މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުން ބަލިން ރައްކާތެރި ވުމަށް ސަމާލުކަން ދިނުމަށް ނައިބުރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ.

ފައިސަލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ އެންމެންގެ ރައްކަލަކަށްޓަކައި ސިއްހީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާ އަދާކުރުމަށެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ އެންމެންގެ ރައްކަލަށްޓަކައި ސިއްހީ މާހިރުންގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުން މުހިންމު ކަމަށެވެ. އަދި ކޮންމެ ރައްޔިތަކުވެސް އަމިއްލަ ފަރުދީ ޒިންމާ އަދާ ކުރުމަށް ނައިބް ރައީސް ވަނީ ގޮވާލާފަ އެވެ.

ނައިބް ރައްޔިތުންނަށް ރައްކާވެ ތިބުމަށް އިލްތިމާސް ކުރައްވާފައި ވާއިރު އިއްޔެ ވެސް ރާއްޖެ އިން ވަނީ ރިކޯށް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެޗްޕީއޭއިން ބުނެފައި ވަނީ އިއްޔެ 585 މީހުން ރާއްޖެއިން އަލަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: