ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކޮވިޑްގެ ޙާލަތު މިވަނީ ފަރުދީ ޒިންމާ އަދާކުރުމުން އެކަނި ޙައްލުވާ މިންވަރަށްވުރެ ގޯސްވެފައި”

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑްގެ ޙާލަތު މިވަނީ ފަރުދީ ޒިންމާ އަދާކުރުމަކުން އެކަނި ޙައްލުވާ މިންވަރަށްވުރެ ގޯސްވެފައި ކަމަަށް މާލެ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި، ވަކިން ޚާއްސަކޮށް މާލޭގައި، ކޯވިޑްގެ ޙާލަތު މިވަނީ ރައްޔިތުންގެ “ފަރުދީ ޒިންމާ” އަދާކުރުމަކުން އެކަނި ޙައްލުވާ މިންވަރަށްވުރެ ގޯސްވެފައިކަމަށެވެ. އެންމެ ބޮޑަށް އިސްލާޙު ކުރަންވީ ސަރުކާރުގެ މިކަމާ ގުޅުންހުރި ޚާރިޖީ، ދާޚިލީ އަދި އިޤްތިޞާދީ ސިޔާސަތުތައް ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

“ކަން މިހެން އޮތްނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަަަޅާ، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯލަނބާ، “ފަރުދީ ޒިންމާ” އަދާކުރުމުގައި މިސާލު ދައްކާ ބައެއްގެ ގޮތުގައި ވުމަށް މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން.” މުއިއްޒު ވިދާޅުވިއެވެ.

ރާއްޖެއިން އިއްޔެ 601 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 440 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ. އަދި އަތޮޅުތެރެއިން 141 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. މިއަދަކީ އެއް ދުވަހެއްގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ދުވަހެވެ. އަދި ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 300 އިން މަތީގައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 31،931 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 6508 ކޭސް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: