ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލައިސަންސް ދޫކުރުން މެދުކަނޑާލައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ޑްރައިވިން ލައިސަންސް ހިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހާމަކޮށްފައިވަނީ، އެ ހިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވަނީ ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެ ހިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވަނީ އަލަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ ކަންކަމެވެ. ލައިސެންސް އަލުން ދޫކުރަން ފަށާނެ ސީދާ ތާރީހެއް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް މާލޭގެ ކޮވިޑް-19ގެ ހާލަތު ގޯސްވުމާއި ގުޅިގެން ލައިސެންސް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑައިލިއެވެ. ގިނަ ދުވަސްތަކެއް ވަންދެން ލައިސަންސް ދޫކުރުމުގެ ހިދުމަތް މެދުކަނޑާކުން ދިގުލައިގެން ދިޔުމުން ޑްރައިވިން ސްކޫލްތަކުން މިނިސްޓްރީ ދޮށުގައި އިހްތިޖާޖުތަކެއްވެސް ކުރިއެވެ. އެކަމާ ގުޅިގެން ހައްލެއް ގެމައުމަށް މިނިސްޓްރީން އަލުން އެ ހިދުމަތް ދޭން ފެށިނަމަވެސް ރާއްޖޭގެ ހާލަތު ގޯސްވެ އަނެއްކާވެސް މިހިދުމަތް މިވަނީ މެދުކަނޑާލާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: