ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގް އެޖެންސީ ހިންގުން ހެލްތް މިނިސްޓްރީ ދަށަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް ޑްރަގް އެޖެންސީގެ ހިންގުން ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފި އެވެ.

މަސްތުވާތަކެއްޗަށް ފަރުވާދޭ ސެންޓަރުތައް ހިންގާ އެންޑީއޭ ކުރިން އޮތީ ޖެންޑާ މިނިސްޓްރީގެ ދަށުގަ އެވެ. މިއަދު އެ އެޖެންސީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައި ވަނީ ގާނޫނީ ގޮތުން ރައީސަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް ވިދާޅުވި މިގޮތަށް ނިންމެވީ ސަރުކާރު ހިންގުން ހަރުދަނާކޮށް ލަނޑުދަނޑިތައް އަވަހަށް ހާސިލް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ރައީސް މިއަދު ވަނީ ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓްރީ އުވާލައްވައި އެ މިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ބަދަލު ކުރައްވާފަ އެވެ. އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް ބަދަލު ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: