ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުތަކުގެ ކަރަންޓް ކޭބަލްތައް ވަގަށް ނެގި މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްޑީސީ

މާލެ އަދި ހުޅުމާލެ ގްރިޑަކުން ގުޅާލަން އަޅާ ކޭބަލް އެޅުމަށް ތައްޔާރުވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުއްﷲ ޔާމިން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެޅި ހިޔާ ފްލެޓްތަކުގެ ކަރަންޓް ކޭބަލްތައް ވަގަށް ނަގާފައިވާކަމަށް ހައުސިންގް ޑިވަލޮޕްމެންޓް ކޯރޕަރޭޝަން އެޗްޑީސީން ހާމަކޮށްފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ގެނެވިފައިވާ ކަރަންޓު ކޭބަލްތަކާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަ ތަކާއި ދައުރުވަމުންދާ ފޮޓޯތަކާގުޅިގެން އެ އިދާރާގެ ސަމާލުކަމަށް މިކަން އައިސްފައިޥަ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

ކަރަންޓް ކޭބަލްތައް ގެއްލިފާވާކަން ސަމާލުކަމަށް އައުމާއިއެކު ކުންފުނީގެ އިންޓާނަލް އޮޑިޓުންނާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. ހުޅުމާލޭ ފޭސް 02 ގައި ހިޔާ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކަރަންޓުގެ ހިދުމަތް ދީ އެތަނުގައި އުޅެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިފަދަ ކަންކަމާ ކުރިމަތި ވެގެން ދިޔުމަކީ ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާނެ ކަމެއްކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މިއާއިއެކު ކަމާބެހޭ ފަރާތްތަކާ ގުޅިގެން މި މައްސަލަ ތަހުގީގުކޮށް މި ކަމުގައި ބައިވެރިވި ފަރާތްތަކަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެޗްޑީސީން ހާމަކުރެއެވެ. މިކަމުގައި އެޗްޑީސީގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް ވާނަމަ އެ މުވައްޒަފަކާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ފަހެއް ނުޖެހޭނެކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ހުޅުމާލޭ ފޭސް ދޭއްގައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އާބާދުވެގެންދާއިރު ކޮންމެހެން ހުންނަންޖެހޭ އަސާސީ ހިދުމަތްތައް ގާއިމްކުރުމުގައި މަސައްކަތްތައް ހުއްޓުމަކަށް ނުގެނެސް ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސެއްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: