ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާލަތު ގޯސް، އަދަދު 700 އިން މައްޗަށް!

ކޮވިޑާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ސާމްޕަލް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން/ ފޮޓޯ: ސަންގު އެމްވީ --- މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑު-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 734 އަށް އަރައިފި އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް 4787 މީހަކު ޓެސްޓު ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން، 734 މީހަކު ކޮވިޑަށް ޕޮޒިޓިވްވީއިރު، މާލެއިން ބަލި ޖެހުނު މީހުންގެ އަދަދު 540 އަށް އަރާކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ހާލަތު ގޯސްވެގެން ފަރުވާ ދޭން ޖެހޭ މީހުންނަށް ހާއްސަކޮށްފައިވާ ޑީއެޗް-11 ފުލްވެފައިވާ ކަމަށެވެ. އަދި އައިސީޔޫ ވެސް ފުރިފައިވާ ކަމަށް ވިދާޅުވިއެވެ.

ހާލަތު ވަރަށް ބޮޑުތަނުން ގޯސްވެފައިވާކަން ފާހަގަކޮށް މަބްރޫކް ވިދާޅުވީ، މިވަގުތު އިތުރު ސިއްހީ ހިދުމަތްތެރިންނަށް ރާއްޖެ ބޭނުންވެފައިވާ ކަމަށެވެ. އަދި އެ މަަސައްކަތް ފަށާ، އައިޖީއެމްއެޗްއިން ކޮންޓްރެކްޓު އުސޫލުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް މެޑިކަލް ސްޓާފުން ނެގުމަށް ނިންމާފައިވާކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުން ވެސް މެޑިކަލް ފެސިލިޓީތަކަށް ބޭނުންވާ ސިއްހީ އެހީތެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ މަހުން ފެށިގެން ރާއްޖޭގައި ކޮވިޑުގެ އަދަދުތައް ވަރަށް ބޮޑުތަނުން އިތުރުވިއެވެ. އަދި ކޮންމެ ދުވަހަކު ވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުރީ 400 އިން މަތީގަ އެވެ.

އެޗްއީއޯސީން މީޑިއާތަކާއި ހިއްސާކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެކްޓިވް ކޭސްތައް ނުވަތަ ކޮވިޑަށް މިވަގުތު ފަރުވާ ދެމުންދާ 7،109 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން 198 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

ކޮވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފެށުމުން ޕާކުތަކާއި، ސްކޫލުތައް ބަންދު ކުރުމާއި އެކު، މާލެ ސަރަހައްދުގައި އެޅި ފިޔަވަޅަކީ ރޭގަނޑުގެ 12:00 އިން ފެށިގެން ފަތިހުގެ 04:00 އާއި ހަމައަށް ވެހިކަލްގައި އުޅުން މަނާ ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: