ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ކޯލިޝަންގެ މައްޗަށް އެމްޑީއެން ކާމިޔާބު ހޯދާފި: މަލީހު

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް. ފޮޓޯ: އާކައިވްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ކޯލިޝަން ސަރުކާރުގެ މައްޗަށް މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން) ކާމިޔާބު ހޯދާފައިވާކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓަރަކަށް އައިމިނަތު ޝައުނާ އައްޔަންކުރެއްވުމާ ގުޅިގެން  ދީނަށް ފުރައްސާރަކޮށް އެކަމަނާ ކުރައްވާފައިވާ ޓްވީޓްތަކާއިއެކު ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައިވެއެވެ.

މިނިސްޓަރު ކަމުން ވަކިކުރި މަލީހް ޖަމާލް ސަރުކާރަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ވަނީ، ކޯލިޝަންގެ މައްޗަށް އެމްޑީއެން ކާމިޔާބު ހޯދާފިކަމަށެވެ.

“ދައުރު ނިމޭއިރު އެމްޑީއެން ފިޔަވާ އިތުރު ބަޔަކު ނޫޅޭނެ. ސަރުކާރު އެމްޑީޕީގެ އަސްލު ސޫރަޔަށް ރުޖާޢަ ވުމުގެ ކޮޅުމަތި މިހާރު މިފެށުނީ. ކޯލިޝަން ވެގެން ތިއްބެވި ބޭފުޅުން ނިދިން ހޭލަންވެއްޖެ.” މަލީހް ވިދާޅުވިއެވެ.

މަލީހު މިހެން ވިދާޅުވެފައިވާއިރު، ޝައުނާއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ ބަލަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެ ކުރިން އަމިއްލަ ފަރާތަކުން ވަނީ ޝައުނާގެ މައްޗަށް ވަނީ މަޤާމުގެ ނުފޫޒު ބެނުންކޮށްގެން އެހެން ފަރާތަކަށް މަންފާ ހޯދާދޭން އުޅޭކަމުގެ ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައެވެ. ޝައުނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކޮށްފައިވާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުަމަށް ސަރުކާރު ތެރެއިން ޝައުނާ ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: