ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ ހިޔާނާތުގައި ގެއްލިފައިވާ ފައިސާ ހޯދަން ބޭރުގެ ފަންނީ މީހަކު ގެނައުމުގެ މަސައްކަތް ނަޝީދު އިސްވެ ފައްޓަވައިފި

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ހިޔާނާތުގައި ގެއްލިފައިވާ ފައިސާ ހޯދަން ބޭރުގެ ފަންނީ މީހަކު ގެނައުމުގެ މަސައްކަތް ރައީސް މުހައްމަދު ނަޝީދު އިސްވެ ފައްޓަވައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް މަސައްކަތް ކުރާނޭ ބޭރުގެ ފަންނީ މާހިރެއް އައްޔަންކޮށް އެފަރާތާއެކު އެމަސައްކަތް ކުރުމުގެ ބާރު ޕާލިމަންޓަރީ ގްރޫޕަށް ދިނުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ރައީސް ނަޝީދު ހުށަހެޅި ޤަރާރުގައެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ޚިޔާނާތާ ގުޅިގެން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށްޓަކައި ދައުލަތުގެ އެކި އިދާރާތަކުން ތަޙުގީގު ހިންގަމުންދިޔަ ނަމަވެސް، ފާއިތުވި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ގޮތަކަށް ތަޙުގީގު ކުރެވި، ގެއްލިފައިވާ ފައިސާ ހޯދިފައިނުވާތީއާއި، އަދި ޚިޔާނާތުގައި ބައިވެރިވި ފަރާތްތައްވެސް ހޯދިފައިނުވާތީ، ގެއްލިފައިވާ ފައިސާ ހޯދުމަށް ކަމާބެހޭ ބޭރުގެ ފަންނީ މާހިރެއް އައްޔަންކޮށް އެފަރާތާއެކު އެމަސައްކަތް ކުރުމުގެ ބާރު ޕާލިމަންޓަރީ ގްރޫޕަށް ދިނުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހަށް
ހުށަހެޅި ގަރާރެއް ކަމަށެވެ.

އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތާ ގުޅިގެން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަކީ އެމްޑީޕީގެ އެންމެ މުހިންމު އެއް ވަޢުދަށްވެފައި، އެ ޚިޔާނާތާ ގުޅިގެން ގެއްލުނު ފައިސާ ހޯދުމަށާއި، ޚިޔާނާތުގެ ބައިވެރިން ހޯދުމަށްޓަކައި އެމައްސަލަ ތަހުގީގު ކުރަމުންދަނީ، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި- ކޮރަޕްޝަން ކޮމިޝަނާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކަމުގައިވީނަމަވެސް، އެކަށީގެންވާ އަވަސް މިނެއްގައި އެ ޚިޔާނާތާ ގުޅޭ ތަހުގީގު ހިންގިފައިނުވުމުގެ އިތުރުން، އެ ފައިސާ ހޯދުމަށްވެސް އެކަށީގެންވާ މަސައްކަތެއް ކުރެވެމުންދާތަން
ފެންނަމުން ނުދާ ކަމީ، ރައްޔިތުން ނުހަނު ކަންބޮޑުވާކަމެއް ކަމެއް ކަމަށް ގަރާރުގައި ބުނެފައި ވެއެވެ.

“…. އަދި މިޕާޓީގެ ގައުމީ މަޖިލީހުގެ ގަރާރު ނަންބަރު 2018/009 (26 އޯގަސްޓް 2018) ގަރާރުން،
ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ހުރި ވަގަށް ނަގާފައިވާ ދައުލަތުގެ ފައިސާއާއި މުދާ ބަންޑާރަ ނާއިބު މެދުވެރިކޮށް ހޯދައި، ދައުލަތަށް އެފައިސާ އާއި މުދާ ރުޖޫޢަ ކުރުމުގެ މަސައްކަތް އަލަށް އުފެދޭ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ ފެއްޓެވުމަށް އެހީތެރިވެދިނުމުގެ ގޮތުން، އެމަސައްކަތް ކުރާނެ ފަންނީ ތަޖުރިބާކާރު ފަރާތްތައް ހޯދައި، ވާންޖެހޭ ތައްޔާރީތައް ވުމުގެ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަސަންއާ ޙަވާލުކޮށްފައިވީ ހިނދު، އަދި،
ބަޔާން ކުރެވުނު މަސައްކަތް ކުރުމަށް ބޭރުގެ ފަންނީ ތަޖުރިބާކާރަކު މިޕާޓީން ހޯދައި، އެމް.އެމް.ޕީ.އާރު.ސީ
ގެ ޚިޔާނާތާ ގުޅޭ ފައިސާ ދަތުރުކޮށްފައިވާ ގޮތާއި އެފައިސާއާބެހޭ މައުލޫމާތާއި އަދި އެނޫންވެސް އެފަރާތުގެ އެންމެހައި ހޯދުންތައް ސަރުކާރަށް ފޯރުކޮށްދީފައިވީ ނަމަވެސް، އެމައުލޫމާތުގެ އަލީގައި އެފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރެވިފައި ނުވާ ހިނދު؛ އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތުގައި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ
މަސައްކަތް ކޮށްދޭނޭ ބޭރުގެ ފަންނީ މާހިރަކު ހޯދައި އެފަރާތާއެކު ކުރާންޖެހޭ އެންމެހައި މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުން ކުރުމަށެވެ.” ގަރާރުގައި ބުނެފައި ވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: