ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުހައްޤު މުއްސަނދިކަން ހޯދުން ކުށަކަށް ހެދުމުގެ ބިލް ތަސްދީގު ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނުލްއުޤޫބާތަށް ގެނައި އިސްލާހާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

މި ދެ ބިލު ރައީސް ތަސްދީގު ކުރައްވާފައިވަނީ މިއަދު އެވެ. ޤާނޫނުލްއުޤޫބާތަށް ގެނެސްފައިވާ އިސްލާހުގައި ރިޝްވަތު ހުށަހެޅުމަކީ ކުށެއްކަމުގައި ކަނޑައަޅާ އެ ކުށް ސާބިތުވާނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މި ޤާނޫނަށް ގެންނެވި އިޞްލާޙުގައި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ކޮރަޕްޝަން އަދި ކޮރަޕްޝަންގެ ކުށް މާނަކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: