ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް ހަމަލާ ދިން މީހުންނަށް ހަރުކަށި އަދަބު ދޭން އިދިކޮޅުން ގޮވާލައިފި

އިދިކޮޅު ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކުށްވެރިކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނުގެ ގެކޮޅު ކައިރިން، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އެމަނިކުފާނަށް އަނިޔާވެވަޑައިގެންނެވި ޚަބަރު އެ ކޯލިޝަނުން އެހީ ކުއްލި ސިހުމާއި ހިތާމައާއެކުގައި ކަމަށެވެ. އަދި އެމަނިކުފާނަށް އަވަސް ޝިފާއެއް ލިބުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވާ ކަމަށްވެސް އެ ކޯލިޝަނުން ބުންޏެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕްރޮގުރެސިވް ކޮންގުރެސް ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެ ޕާޓީގެ ލީޑާޝިޕާއި ކޯލިޝަން ޕާޓީތަކުގެ ކައުންސިލް މެންބަރުންނާއި، ސްޓިއަރިން ކޮމިޓީތަކާއި އާންމު މެންބަރުންގެ ނަމުގައި، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކުރާ ކަމަށެވެ. އަދި އެ ހުރިހާ ބޭފުޅުންގެ ނަމުގައި ހަމްދަރުދީ ފާޅުކުރާ ކަމަށްވެސް ކޯލިޝަނުން ބުންޏެވެ.

އޭގެ އިތުރަށް ރައީސް ނަޝީދަށް އަމާޒުކޮށް މިރޭ އިރާކޮޅު ދިން ހަމަލާ ރާވައި ތަންފީޒުކުރި ހުރިހާ ފަރާތްތައް ހޯދައި ޤާނޫނުގެ ކުރިމައްޗަށް ގެނެސް އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

މިރޭ އިރާކޮޅު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ނަޝީދުގެ ގެކޮޅު ހުންނަ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވައިލުމުގެ ސަބަބުން އެމަނިކުފާނަށް އަނިޔާވެ މިހާރު އެމަނިކުފާނަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: