ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޑީއެފުން އެލާޓް ލެވެލް މަތިކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފްގެ އެލާޓް ލެވެލް ވަރުގަދަކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް މަތިކުރެވިފައިވާ ކަމަށް އެ އިދާރާ އިން ބުނެފިއެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ ކެނެރީމަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުން ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ލިބިވަޑައިގަތުމާ ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހަމަލާ ނަޝީދަށް ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ.ކެނެރީގެ ކައިރީގައި އެއްޗެއް ގޮއްވާލައިގެންނެވެ. މި ހާދިސާ ހިނގާފައިވަނީ ނަޝީދު ކާރު ކޮޅަށް އަރުއްވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި ނަޝީދަށް އަނިޔާވެފައިވާއިރު އެމަނިކުފާނުގެ ސެކިއުރިޓީގެ އިތުރުން ބައެއް އާންމުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެމަނިކުފާނުގެ ފޯނާއި ތުރުކުރައްވައިގެން ހުންނެވި ފައިވާން އޮތީ މަގުމަތީގަ އެވެ.

އެ އަނިޔާތަކަށް ނަޝީދު މިހާރު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ހޯދަމުންނެވެ. ހޮސްޕިޓަލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިހާރު ވަނީ ވަޑައިިގެންފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެއްޗެއް ގޮއްވާލާފައިވަނީ ނަޝީދުގެ ކާރުކޮޅު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައެވެ. އެއާއެކު އެ ސަރަހައްދުގައި ހުރި އެހެން ސައިކަލުތަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: