ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް ދިން ހަމަލާ އެންމެ މަތީ ދަރަޖައިގެ އަހައްމިޔަތު ކަމެއް ދީގެން ތަހުގީގު ކުރާނަން: އިމްރާން

ރައީސް ނަޝީދާއި ހޯމް މިނިސްޓަރ އިމްރާން ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އެންމެ މަތީ ދަރަޖައިގެ އަހައްމިޔަތު ކަމެއް ދީގެން ތަހުގީގު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެ ހަމަލާ އެންމެ މަތީ ދަރަޖައިގެ އަހައްމިޔަތު ކަމެއް ދީގެން ފުލުހުން ތަހުގީގު ކުރާނެ ކަމަަށެވެ.

މިރޭ ދެވުނު ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާދެމުން އަންނައިރު އެ ހަމަލާގައި އެމަނިކުފާނުގެ ބޮޑީގާޑަކަށާއި އިތުރު މީހަކަށް އެކިވަރުގެ ޒަހަމްތައް ވެފައިވެއެވެ.

މަޖީދީމަގުގައި މިރޭ އެއްޗެއް ގޮއްވާލި ހާދިސާއަކީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއެއްކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ސިޔަސީ ފަރާތްތަކާއި އާންމު ރައްޔިތުންވެސް ދަނީ ކުށްވެރިކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: