ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް ދިން ހަމަލާ ރައީސް ސޯލިހު ކުށްވެރިކުރައްވައިފި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުށްވެރިކުރައްވައިފިއެވެ.

ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ނީލޯފަރުމަގުގައި ބާރުގަދަ އެއްޗެއް ގޮވައި ރައީސް މުޙައްމަދު ނަޝީދަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އެގޮތުން މިވަގުތު ރައީސް ނަޝީދައު އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ހޯދަމުންނެވެ.

މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މި މައްސަލަ ފުލުހުން ދަނީ މިހާރު ތަޙުޤީޤުކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.

މަޖީދީމަގުގައި މިރޭ އެއްޗެއް ގޮއްވާލި ހާދިސާއަކީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއެއްކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ސިޔަސީ ފަރާތްތަކާއި އާންމު ރައްޔިތުންވެސް ދަނީ ކުށްވެރިކުރަމުންނެވެ.

މާލޭ މަޖީދީ މަގުން، ގ.ކެނެރީގޭ ކައިރީގައި މިރޭ 9:00 ހާއިރު އެއްޗެއް ގޮއްވާލީ އެސަރަޙައްދުގައި އޮތް ރައީސް ނަޝީދުގެ ކާރުކޮޅަށް އެމަނިކުފާނު އަރައިވަޑައިގަންނަވަނިކޮށެވެ. އަދި މިހާދިސާގައި އަނިޔާތަކެއް ލިބުމާއި ގުޅިގެން ރައީސް ނަޝީދަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: