ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ހާލަތެއް ނެތް: ސީޕީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ މަޖިލީހުގެ ރައީސް ރައީސް ނަޝީދަށް ދިން ހަމަލާ ގުޅިގެން ކުއްލި ނުރައްްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ހާލަތެއް ނެތް ކަމަށް ޕޮލިސް ލޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މިހެން ވިދާޅުވެފައިވަނީ ބާރުގަދަ ގޮވުމެއް ރައީސް ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ގޮއްވާލައިފައިވާ ދަނޑިވަޅެއްގައެވެ. މިވަގުތު ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕޮޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

ހަމަލާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރޭގެ ހަމަލާ އަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ހާލަތެއް އަދި ނެތް ކަމަށެވެ. އަދި ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، ސިފައިންނާއި ފުލުހުންގެ އޮޕަރޭޝަން ލެވެލް މަތި ކުރެވިފައިވާ ކަން ސީޕީ ފާހަގަކުރެއްވި އެވެ.

ރޭގެ ހަމަލާ ތަހުގީގުކުރުމުގައި އިނގިރޭސިވިލާތުގެ ކަމާ ގުޅޭ ފަންނީ ދެ ބޭފުޅެއްގެ އެހީތެރިކަން ފުލުހުންގެ ތަހުގީގަށް މިހާރުވެސް ލިބެމުންދާ ކަމަށްވެސް ސީޕީ ވަނީ ހާމަކުރައްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރޭ އިއުލާންކުރެއްވި ގޮތަށް އޮސްޓްރޭލިއާގެ ފެޑަރަލް ޕޮލިސްގެ ބޭފުޅުން މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމުގައިވެސް ސީޕީ ވިދާޅުވި އެވެ.

ރޭގެ ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ކަމަށާއި މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ނަޝީދުގެ އިތުރުން އެ ހަމަލާގައި އެމަނިކުފާނުގެ ބޮޑީގާޑުންނާއި، އިނގިރޭސިވިލާތުގެ ރައްޔިތެއްގެ އިތުރުން ދިވެއްސަކަށް ވެސް އަނިޔާވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: