ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ހާލުކޮޅު ކްރިޓިކަލް، އޮންނެވީ އައިސީޔޫގައި: އޭޑީކޭ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ކްރިޓިކަލް ކަމަށާއި އޮންނެވީ އައިސީޔޫގައި ކަމަށް އެމަނިކުފާނަށް ފަރުވާދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުން ދެންމެ ހާމަކޮށްފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ބުނީ ނަޝީދުގެ ފުރާނަ ސަލާމަތް ކުރުމަށް ފާއިތުވި 16 ގަޑިއިރުގެ ތެރޭގައި ނަޝީދުގެ ބޮލަށާއި، މެޔަށް، ބަނޑަށް އަދި އަތަށާއި ފަޔަށް ލިބިފައިވާ ޒަހަމްތަކަށް ސާޖަރީތައް ހަދާފައިވާ ކަމަށެވެ.

“އައިސީޔޫގައި ނަޝީދު އަދިވެސް އޮންނެވީ ކްރިޓިކަލް ހާލަތެއްގައި” އޭޑީކޭ އިން ބުންޏެވެ.

އޭޑީކޭއިން އަދި ބުނީ އާއިލާގެ އިޒުނައާ އެކު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅުގެ މައުލޫމާތާއި ފަރުވާގެ މައުލޫމާތު އާންމު ކުރަމުން ގެންދާނެ ކަމަށެވެ.

މީގެ އިރުކޮޅެއް ކުރިން ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ވަނީ މިހާރު ސާޖަރީތައް ނިމިފައިވާ ކަމަށާއި އަދި ދެން އޮތީ ރިކަވަރީ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

ނަޝީދުގެ ކާރުކޮޅު ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން ރެއިން ފެށިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ރޭގެ ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ކަމަށާއި މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

އިތުރު ތަފްސީލު އަންނަނީ…

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 75%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހާލަތު ދައްވާނެތާ އެކަމުން އެމަނިކުފާނަށް ލިބުނު އަނިޔާއަށް ވުރެ އޭޑީކޭ ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުންގެ މޮޅުކަން ދުނިޔެއަށް ދެއްކުމަށް ފަޅައި ކުދިކުރިލެއް ކުޑައީ! ހަޔާތުގެ ކަންފުޅެއްވެސް ނެތިތާއޭ!! އައިނު.ހާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: