ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 83 އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

އެބަލީގައި މަރުވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ މިބަލީގައި ރާއްޖެއިން މަރުވި 83 ވަނަ މީހާ ކަމަށް އެޗުޕީއޭއިން ބުނެފައިވެއެވެ.

މިއީ ހާލުބޮޑުވެގެން އައިޖީއެމްއެޗަށް އިއްޔެ ގެންދިޔަ މީހެއް ކަމަށް ވެސް އެޗުޕީއޭއިން ބުނެފައިވެއެވެ. އެމީހާ ނިޔާވެފައި ވަނީ ބުރާސްފަތި ދުވަހުގެރޭ 11:15 ގައެވެ.

މި ދުވަސްވަރަކީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އިންތިހާއަށް އިތުރުވަމުންދާ ދުވަސްވަރެކެވެ. ފަހަކަށް އައިސް ދުވާލަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 700 އިން މަތީގައެވެ. މިބަލި ޖެހިފައިވާ 8،261 މީހުން ރާއްޖޭގައި އެބަތިއްބެވެ.

ބަލިން ސަލާމަތްވުމަށްޓަކައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ތަބާވުން ވަރަށް މުހިންމެވެ. އޭގެ އިތުރުން ދެ މީހުންގެ ދެމުގައި ދުރުމިން ބެހެއްޓުމާއި މާސްކު އެޅުމާއި ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން ވަރަށް މުހިންމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: