ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުން ހައްޔަރު ކުރަނީ ޝަރީއަތަށް ބޭނުން ހިފޭނެ ގޮތަށް: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

ތަހުގީގުގެ ބޭނުމަށް މީހުން ހައްޔަރުކޮށް ފިޔަވަޅު އަޅަނީ ޝަރީއަތަށް ބޭނުން ހިފޭނެ ގޮތަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓުގައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ތަހުގީގުކޮށް އިންސާފު ގައިމް ކުރުމަށް ދިވެހި ފުލުހުން ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށާއި އެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.

އިމްރާން ވިދާޅުވީ ތަހުގީގާ ބެހޭ މީހުން ހައްޔަރު ކޮށް ފިޔަވަޅު އަޅަމުން ދަނީ ޖިނާއީ އަދުލުގެ ނިޒާމުގައި ރޭވިފައި އޮންނަ ގޮތަށާ، އިޖުރާތުގެ ހަމަތަކަށް ރިއާޔަތްކޮށް، ޝަރީއަތަށް ބޭނުން ހިފޭނެ ހެކި ހޯދުމަށް އަމާޒުކޮށްގެން ކަމަށެވެ.

ބްރާސްފަތި ދުވަހުގެ ރޭ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފަިއވާ ބޮމުގެ ހަމަލާއާއި ގުޅިގެންއެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ދީފައެއްނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިވަގުތު އަންނަނީ އެ ހަމަލާއާ ގުޅިގެން މާލެ އާއި ހުޅުމާލޭގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: