ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިޑްލައިނާ ހިލާފުވުމުން ބެންގަލޫރު އެފްސީ ރާއްޖެއިން ފޮނުވާލަނީ

ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން މަގުމަތީގައި—
ޝެއާރކޮށްލާ ކަހަލަދޯ؟

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައިވާތީ އޭއެފްސީ ކަޕްގެ ކޮލިފިކޭޝަންގެ ފަހު ބުރުގައި ރާއްޖޭގެ ކްލަބު އީގަލްސް އާއި ދެކޮޅަށް ކުޅުމަށް އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީ ރާއްޖެއިން ފޮނުވާލަން ނިންމައިފިއެވެ.

މަހްލޫފު ވިދާޅުވީ ބެންގަލޫރު އެފްސީގެ ކުޅުންތެރިންގެ ފަރާތުން ފެނުނު މި އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބެންގަލޫރު އެފްސީ ޓީމު ޖެހޭނީ ވަގުތުން ފުރައިގެން ދާން ކަމަށް މަހުލޫފު ވިދާޅުވިއެވެ.

“ބެންގަލޫރު އެފްސީގެ ކުޅުންތެރިންގެ މި އަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އެ މީހުންވަނީ އެޗްޕީއޭ އަދި އޭއެފްސީގެ އުސޫލުތަކާ ޚިލާފުވެފައި. އެ މީހުން ޖެހޭނީ ވަގުތުން ފުރައިގެން ދާން.” މަހްލޫފް ވިދާޅުވިއެވެ.
ހާއްސަ ހުއްދައިގެ ދަށުން މިދިޔަ ހުކުރު ދުވަހު ބެންގަލޫރު ޓީމު ރާއްޖެ އައިސްފައިވާއިރު، އެ ކުޅުންތެރިންނަށް އޮތީ ހޮޓަލުން ބޭރަށް ނިކުތުން މަނާކޮށްފައެވެ. ނަމަވެސް އިއްޔެ އެޓީމުގެ ބައެއް ކުޅުންތެރިން ހޮޓަލުން ބޭރަށް ނިކުމެ މާލޭގެ އެކި ސަރަހައްދުތަކުގައި އުޅޭ މަންޒަރު ވަނީ ފެނިފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: