ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގަށް ލިބުނު ކުރިއެރުމުގެ ފަހަތުގައި ވަނީ ފުލުހުންގެ ހުނަރުވެރި މަސައްކަތް: އިމްރާން

ރައީސް ނަޝީދު އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ:ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ބޮމުގެ ޓެރިރިސްޓް ހަމަލާގެ ތަހުގީގަށް ލިބުނު ކުރިއެރުމުގެ ފަހަތުގައި ވަނީ ފުލުހުންގެ ހުނަރުވެރި މަސައްކަތް ކަމަަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައްވެސް ރަނގަޅު ކަމަށާއި، އަދި ތަހުގީގު ކުރިއަށްދާގޮތްވެސް ރަނގަޅުކަމަށެވެ.

އަދި ލިބުނު ކުރިއެރުންތަކުގެ ފަހަތުގައި ވަނީ ފުލުހުންގެ ހުނަރުވެރި މަސައްކަތާއި ރައްޔިތުން ފޯރުކޮށްދިން މައުލޫމާތު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިމަހުގެ ހަވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ތިންވަނަ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިއްޔެވަނީ ހަމަލާއާއި ގުޅިގެން ބޮން ސީދާ ގޮއްވާލިކަމަށް ތުހުމަތުކުރާ އެންމެ މުހިންމު މީހާ ހޯދުމަށް ފޮޓޯވެސް އާއްމުކޮށްފައެެވެ. މިއަދު ހައްޔަރުކޮށްފައިވަނީ އެމީހާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ގާޒީ ސްކޫލް ސަރަހައްދުގައި ހުންނަ ފްލެޓް 95 ޖީ 2 އިން ކަމަށް މައުލޫމާތު ލިބެއެވެ.

އެހެންނަމަވެސް ހައްޔަރުކުރި މީހާއާއި ބެހޭ އެެއްވެސް މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

އިއްޔެ ފުލުހުންވަނީ ހަމަލާއާއި ގުޅުންހުރި ދެމީހަކު ހައްޔަރުކޮށް ވަނަވަރު ހާމަކޮށްފަ އެވެ. އިއްޔެ ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެއް މީހަކީ މއ. ފޭރުގެ 21 އަހަރުގެ މުޖާޒު އަހުމަދު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: