ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ ނަމުގައި ކުރާ ސިޔާސީ ބަދުނާމު ހުއްޓުވަން ޖެހޭ: ރޮޒައިނާ

އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ނަމުގައި ކުރާ ސިޔާސީ ބަދުނާމު ހުއްޓުވޭނީ އެ ހިޔާނާތުގެ ބައިވެރިންގެ ލިސްޓު އާންމުކޮށްގެން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ލިސްޓުގައި މިހާރު 281 ފަރާތް ހިމެނޭ ކަމަށް އެ މައްސަލަ ދިރާސާ ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ވަނީ ބުނެފައެވެ.

ބޮޑު ހިޔާނާތުގެ މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބު އޮޅުން ފިލުވައި އެ މައްސަލަ ކުރިއަށް ނުގޮސް ލަސްވާ މައްސަލަ ބެލުމުގެ މަސައްކަތް ކުރިއަށް ދަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އާއި ސަލާމަތި ހިދުމަތްތަކާބެހޭ ކޮމިޓީ އެކުވެގެން އުފައްދާފައިވާ ކޮމިޓީއަކުންނެވެ.

އެމައްސަލައާ ބެހޭގޮތުން ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ 267 މީހެއްގެ ލިސްޓެއް އޮތް ކަމަށް މައްސަލަ ބަލަމުން ގެންދާ އެސެޓް ރިކަވަރީ ކޮމިޝަނުން މީގެ ކުރީން ބުނި ނަމަވެސް ކޮމިޓީއަށް ފޮނުވާފައިވާ ލިސްޓުގައި މިހާރު 271 މީހުން ހިމެނޭ ކަމަށެވެ.

މި ލިސްޓު އަދިވެސް އާންމު ނުކޮށް އޮތުމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމާ ނުބެހޭ މީހުންގެ ބޮލުގައި ދޮގު ބަދުނާމު އަޅުވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.

“ތީގަ ކުށްވެރިވާ ބައެއްގެ ނަން ހާމަކޮށްގެން ނޫނީ ސިޔާސީ ބޭނުމަށް މިކުރާ ދޮގު ބަދަނާމު އެޅުވުން ނުހުއްޓުވޭނެ.” ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނު އެންމެ ފަހުން ޓްވީޓް ކުރައްވާފައި ވަނީ އެމައްސަލައާ ގުޅިގެންނެވެ. ވިދާޅުވީ މަޖިލީހުން އެދުނު ގޮތަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ކުރިން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނާއި، މިހާރު މަގާމުތައް ފުރުއްވަމުންދާ މީހުންގެ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 64%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: