ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިއީޑީ ހަދަން ބޭނުންކުރި ތަކެއްޗަކީ އޮންލައިން ކޮށް ގެނެވޭ އެއްޗެހިތަކެއް: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށްދިން ޓެރެރިޒަމްގެ ހަމަލާގައި އެމަނިކުފާނުގެ ފުރާނަ ދުއްވާލަން ތައްޔާރުކުރި ބޮން ނުވަތަ އައިއީޑީ ތައްޔާރުކޮށްފައިވަނީ އޮންލައިންކޮށް ގެނެވޭ ތަކެތި ބޭނުންކޮށްގެން ކަމަށް ފޮލިހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބޭއްވި ޕްރެސްގައި ފުލުުހުން ވަނީ މިހާދިސާގައި ބޭނުންކޮށްފައިވާ އައިއީޑީވެސް ވަނީ ދައްކާލާފައެވެ. ފުލުހުން ވިދާޅުވީ މި އައިއީޑީ ގޮއްވާލާފައިވަނީ ރިމޯޓެއް ބޭނުންކޮށްކަމަށެވެ. އައި އައިއީޑީ ހަދާފައިވަނީ އާންމުކޮށް އޯޑަރުކޮށްގެންވެސް ލިބޭ ބައެއް އާލާތްތައް ބޭނުންކޮށްގެން ކަމަށާއި، އެގެ ތެރޭ ލޭޒާ އޮއްވެސް ހިމެނޭކަމަށެވެ.

މިއަދުގެ ޕްރެސްގައިވަނީ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލައި އެމަނިކުފާނަށް ނިރުބަވެރި ހަމަލާއެއް ދިނުމަށް އެތަނުގައި އަމަލީގޮތުން ހަރަކާތްތެރިވި މީހުންގެ ހުރިހާ ހަރަކާތެއް މާލޭގެ އެކި ސީސީޓީވީތަކުން ފުލުހުން ހޯދައި އާންމުކޮށްފައެވެ. އެގޮތުން ބޮންގޮއްވާލުމަށްފަހު މާލޭގެ އެކި ސަރަހައްދުތަކުގައި އެމީހުން ހިނގާފައިވާ ހަރަކާތްތެރިވި ވީޑިއޯވެސް ފުުލުހުން ވަނީ އާންމުކޮށްފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދީފައިވާ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމް ހައްޔަރު ކޮށްފައިވަނީ މިއަދު ހެނދުނު ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓުންނެވެ. އުމުރުން 25 އަހަރުގެ އަދުހަމް އަކީ ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިންމީހާއެވެ. އިއްޔަ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނެފައިވަނީ އޭނާ އަކީ މިކަމުގެ މެއިން ސަސްޕެކްޓް ކަމަށެވެ.

މައުލޫމާތު ލިބފަިއވާ ގޮތުގައި އަދުހަމަކީ މީގެ ކުރިންވެސް މިފަދަ ކަންކަމުގެ ތުހުމަތު ކުރެވިފައިވާ މީހެކެވެ.

އެގޮތުން ތަންކޮޅެއް ކުރިންވެސް އެއްޗެއް ގޮށްވާލަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައެވެ. އެހެންނަމަވެސް ހެކި ނެތިގެން އެފަހަރު ދޫކޮށްލީއެވެ.

އިތުރު ތަފްސީލް އަންނަނީ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ބަލާއެއްނުން އަދުހަމް! ދެން އޮންލައިން ކޮށް އެއްޗިހި ގެންނަން އަނެއް ބަލާވެރިކަން މިޖެހުނީ

  2. ރޭޒާފުއް އޮންލައިންކޮށް ކީއްކުރަން ގެންނަނީ ނީލަންފިހާރަ ތަކާއި ގަރާޖުތަކުގަވެސް ހުންނާނެ ބޭނުންކޮށްފަ ހުރި ބެއަރިންގް ތައް އަދި ހާޑްވެއަރ ފިހާރަތަކުގަ ހުންނާނެ އެކި ސައިޒުގެ ބެއަރިންގް ބޭނުން ވަރަކަށް ލިބެން. ދެން ފުލުހުން ހިތުން އޮންލައިންކޮށް އެއްޗެހި ގެނައުމާއި ގަޔާނުވާތީ އެކަމާއި ގުޅުވާލަން އެއްޗެއް ބުނެލީތާ. އޮންލައިންކޮށް ގެނެވޭ އެއްޗެއްސޭ ކިޔައިގެން އެބުނި ވާހަކައަކީ މާކަ އޮއްޓަރު ހުރި ވާހަކައެއް ނޫންހެން ހީވަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: