ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ގައުމީ މަޖިލިސް މިމަހު 29 ގައި ބާއްވަން ވީތޯ ވިސްނާލަން ޖެހޭ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

މި ހާލަތުގައި އެމްޑީޕީގެ ގައުމީ މަޖިލިސް ބާއްވަން ފެނިވަޑައިނުގަންނަވާ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭ މައުލޫމާތު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް އެރުވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ކޮންމެ އިންތިޚާބަކީވެސް އޭގެ ޒާތުގައި ވާދަވެރުކަން އޮންނާނެ ކަމެއް ކަމަށާއި، އަދި މި ވަގުތަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް އެޕާޓީވެސް ތައްޔާރު ވަމުންދާ ދަނޑިވަޅުކަމަށް ވުމާއިއެކު، އެ ވާދަވެރިކަން އެމްޑިޕީގެ ތެރޭގައިވެސް އޮންނާނެ ކަމަށެވެ.

އެހެންނަމަވެސް، މިމަހު 6 ވަނަ ދުވަހު ޕާޓީގެ ރައީސަށް އަމާޒުކޮށް ދެވުނު ހަމަލާއާއެކު، މި ވަގުތަކީ އެމްޑީޕީއަށް ވަރަށް މުހިންމު ދަނޑިވަޅެއް ކަމުގައި ރައީސް ސޯލިހު ވިދާޅު ވިއެވެ.

“މިއީ ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ތައްޔާރުވަމުން އަންނަ ވަގުތުވެސްމެ. ޕާޓީގެ އެތެރޭގެ މިފަދަ ކޮންމެ އިންތިހާބަކީ ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެގެންދާނެ ވަގުތެއް. މި ދަނޑިވަޅަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޕާޓީ ބަދަހިކަމަށް ވަރަށް މުހިންމު ވަގުތެއް. އެހެން ކަމުން މި އިންތިހާބު މިވަގުތު ބޭއްވުމާ މެދު އަޅުގަނޑުމެން އެންމެން ވިސްނުން ބުއްދިވެރި ކަމަށް ވެސް އަޅުގަނޑު ދެކެން،” ރައީސް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނަޝީދަށް ހަމަލާދީފައިވަނީ އިވެންޓެއްގައި ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް ކާރުކޮޅު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެންނެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އެ ތިން މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި ފަރާތެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.

އެ ތިން މީހުންގެ ބަންދަށް ވެސް މިއަދު ކްރިމިނަލް ކޯޓުން 15 ދުވަސް ވަނީ ޖަހާފައެވެ.

އިތުރު ތަފްސީލު އަންނަނީ…

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: