ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ މަންމާފުޅު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ!

ރައީސް ސޯލިހު އެމަނިކުފާނުގެ މަންމާފުޅާއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ މަންމާފުޅު މޫމިނާ ހަސަންފުޅު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. މަބްރޫކު ވިދާޅުވީ ރައީސްގެ މަންމާފުޅަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އެހެންނަމަވެސް ސިއްހީ ހާލުކޮޅާގުޅޭ ގޮތުން އިތުރު މައުލޫމާތު އަދި ލިބިފައި ނުވެއެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުވެސްވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް މިހާރު ފަސްޓް ލޭޑީ ވަނީ މިބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 34،000 އަށްވުރެ މައްޗަށް އަރާފައެވެ. މިބަލި މާލެ ތެރޭގެ އިތުރުން އަތޮޅުތެރޭގައި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: