ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލިމީހުން ކައިރިއަށް ޒިޔާރަތް ނުކުރެވޭ ގޮތަށް އޭޑީކޭއިން ހަދައިފި

އޭޑީކޭ ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޑީކޭގައި އެޑްމިޓް ކޮށްގެން ފަރުވާދޭ އެއްވެސް ބަލި މީހެއް ކައިރިއަށް ޒިޔާރަތް ނުކުރެވޭނެކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި އެ ހޮސްޕިޓަލުން ބުނެފައި ވަނީ ރާއްޖެގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ސިއްހީ ހިދުމަތްދޭ މީހުންނާއި ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި އެޅޭ ފިޔަވަޅެއްގެ ގޮތުން އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން މަނާ ކުރާ ކަމަށެވެ. ކޮވިޑް-19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން 9 މޭއިން ފެށިގެން އެ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ މީހުން ކައިރިއަށް ޒިޔާރާތްކުރުން މަނާކޮށްފައިވާއިރު، ބަލިމީހާގެ ގާތުގައި މަޑުކުރެވޭނީ އެންމެ މީހަކަށްކަމަށްހޮސްޕިޓަލުން ބުނެފަައިވެ އެވެ.

އެއެޑްމިޓް ކޮށްގެން ފަރުވާދޭ ބަލި މީހާގެ ކައިރީގައި މަޑުކުރާ އެހީތެރިޔާގެ ގައިން ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ފެންނަނަމަ އެމީހަކަށް ބަލިމީހާ ކައިރީ މަޑުނުކުރެވޭނެ ކަމަށާއި މިފަދައެއްވެސް އަލާމާތެއް ފެންނަނަމަ ހޮސްޕިޓަލަށް ނައުމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ބަލި މީހުންނާއި އެ ހޮސްޕިތަލުގައި ހިދުމަތްދޭ އެންމެންގެ ރައްކާތެރި ކަމަށްޓަކާ އެޅޭ މި ފިޔަވަޅުތަކަށް އާންމުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވާފައިވެއެވެ.

އޭޑީކޭއިން މި ބަދަލު ގެނައި އިރު، ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. އެގޮތުން މިއަދު މާލޭގެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 900 އިން މައްޗަށް އަރަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: