ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަޑިހުތުރު ބަސް ބޭނުންކުރި މައްސަލާގައި އަދުރޭގެ މައްޗަށް އުފުލި ދައުވާ ބާޠިލްކޮށްފި

ޕީއެންސީގެ ރައީސް އަބްުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ކޮށްފައިވާ ދައުވާ ބާޠިލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު އެ ދައުވާ ބާތިލުކޮށްފައި ވަނީ ހެކި ހޯދާފައިވަނީ ޤާނޫނާ ހިލާފަށް ކަމުގައިވާތީ ކަމަށް ކަނޑައެޅުމަށް ފަހުއެވެެ. އެހެންކަމުން މި މައްސަލަ ކޯޓުން ބަލާނެ ޖާގައެއް ނެތްކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ.

އަދުރޭގެ މައްޗަށް ދައުވާ އުުފުލީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުުގައެވެ.

އެ މައްސަލާގައި އަދުރޭގެ މައްޗަށް ދަޢުވާކުރުމަށް ކުރިމިނަލް ކޯޓަށް ހުށައަޅަައިފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އަދުރޭގެ މައްޗަށް މިދަޢުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވި ދުވަހު އެ ސަރަހައްދުގައި ހުރެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: