ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުނި އިުތުރު ނުގެނެސް އެމްއެމްޕީއާރުސީގެ ލިސްޓު އާންމު ކުރަންޖެހޭ: ސައީދު

ޕީއެންސީގެ ނައިބު ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

އުނި އިތުރު ނުގެނެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓު އާންމުކުރަންޖެހޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އެސެޓްރިކަވަރީ ކޮމިޝަނަށް މައްސަލަ ނުބެލި ލިސްޓު އާންމު ނުކުރެވި ގިނަ ކަންބޮޑުވުންތަކެއް ފާޅު ކުރަމުންދިޔަ 19 ވަނަ މަޖިލީހުން ވަނީ މިމައްސަލަ ބަލަން ޚާއްސަ ކޮމިޓީއެއް އެކުލަވާލައި ލިސްޓު ދިރާސާ ކުރަން ފަށާފައެވެ.

އެ ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ މެމްބަރުން ލިސްޓު އާންމު ކުރުމަށް ދެކޮޅު ހައްދަމުން ގެންދިއުމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުނި އިތުރު ނުގެނެސް އެމްއެމްޕީއާރްސީގެ ލިސްޓު އާންމުކުރަންޖެހޭ ކަމަށާއި ބޭނުން ނަމެއް އިތުރުކޮށް އަދި އުނިކޮށް ހެދުން އެއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

“މޮޑޭ ފުއްގަނޑަކަށް އެމްއެމްޕީއާރްސީގެ ވައްކަން ނުހައްދަވާ. މަޖިލިސް ވިޔަސް، ސަރުކާރު ވިޔަސް، އިސްތިސްނާ ވާކަށް ނުޖެހޭ. އެއީ ސިޔާސީ ޕާޓީއެއްގެ ހައްގެއް ނޫން” ސައީދު ވިދާޅުވިއެވެ.

ކޮމިޓީން ލިސްޓް ސިއްރުކުރަން ނިންމީ އެ ލިސްޓްގައިވާ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަން އެސެޓް ރިކަވަރީ ކޮމިޝަނުން އެދިފައިވާތީއެވެ. އެ ކޮމިޓީން އަންނަނީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު މި މަހުގެ 17 ގައި ފެށެން ވާއިރަށް ޖަލްސާ އަށް އެޖެންޑާ ކުރެވޭ ވަރަށް ރިޕޯޓެއް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެ މައްސަލަ ދިރާސާކުރާ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ އެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި މިހާރު ތިއްބެވި ފަރާތްތައް މަގާމުން ދުރުކުރަން ހުށަހަޅާފައެވެ. އެގޮތުން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

ލިސްޓްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު 281 މީހެއްގެ ނަން ވަނީ ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: