ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ ވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން މިހާރު ކަށަވަރުވެއްޖެ: ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ހިޔާނާތުގެ ވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން މިހާރު ކަށަވަރުވެއްޖެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ތަހުގީގީ އިދާރާތަކުން މަޖިލީހަށް ފޮނުވި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މައްސަަލައިގައި މީހުންގެ ލިސްޓު ދިރާސާކުރުން ސިއްރުކޮށްގެން ކުރިއަށްގެންދިޔުމަށް އެ މައްސަލަ ދިރާސާ ކުރާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީ ލިސްޓް ހާމަކުރަން އިންކާރުކޮށް، ވަކި ނަންތަކެއް މަޖްލީހުން އުނިކުރަން އުޅުމަކީ ޣައިރުދުސްތޫރީ ކަމެއް ކަމަށެވެ.

“ޤާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ބާރު، މެޖޯރިޓީގެ ނަމުގައި ވަކި ފިކުރަކަށް ލިބިގެނެއްނުވޭ. މިވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން މިހާރު ކަށަވަރުވެއްޖެ.” ޖަމީލް ވިދާޅުވިއެވެ.

އެ މައްސަލަ ދިރާސާކުރާ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ވަނީ އެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި މިހާރު ތިއްބެވި ފަރާތްތައް މަގާމުން ދުރުކުރަން ހުށަހަޅާފައެވެ. އެގޮތުން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ 267 މީހެއްގެ ލިސްޓެއް އޮތް ކަމަށް މައްސަލަ ބަލަމުން އަންނަ އެސެޓް ރިކަވަރީ ކޮމިޝަނުން މީގެ ކުރީން ބުނި ނަމަވެސް ކޮމިޓީއަށް ފޮނުވާފައިވާ ލިސްޓުގައި މިހާރު 281 މީހުން ހިމެނޭ ކަމަށް ކޮމެޓީން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެހެން ކަމުން ފަހުން މިވަނީ އެ ލިސްޓަށް 14 ނަމެއް އިތުރުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: