ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބްރާގެ ސުވާލު އީވާއަށް: ލިސްޓުގައި ނެތަސް ތުހުމަތުކުރެވޭ މީހުންނަށް އޮތީ ކޮންހުކުމެއްތޯ؟

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ)—
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އެކުލަވާލި ލިސްޓުގައި ނެތް ނަމަވެސް އެކަމަށް ތުހުމަތު ކުރެވޭ މީހުންނަށް އޮތީ ކޮން އަދަބެއްތޯ މްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ސުވާލު ކުރައްވައިފިއެވެ.

އިބްރާ މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި މިހާރު ތިއްބެވި ފަރާތްތައް މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުމާ ގުޅިގެންނެވެ.

އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލިސްޓުގައި ނެތަސް ތުހުމަތުވާ މީހުން އެބަތި ކަމަށާއި އެމީހުންނަށް އޮތީ ކޮންހުކުމެއްތޯ އީވާއާ ސުވާލު ކުރައްވާފައެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި ރޭ އީވާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މައްސަަލައިގައި މީހުންގެ ލިސްޓު ދިރާސާ ކުރާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި މިރޭ ވާހަކަދައްކަވަމުންނެވެ.

އީވާ ވިދާޅުވީ ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ އެ ފަރާތްތަކުގެ މަސައްކަތުން ބޮޑެތި ބާރުތަކަކާއި ޒިންމާތަކެއް އަދި މައުލޫމާތުތަކެއް ލިބިގެންވާ ބައެއް ކަމަށާއި އަދި އެ ބާރާއެކު މުޅި ދައުލަތުގެ މިސްރާބު ބަދަލުކޮށްލުމުގެ ބާރު ވެސް އެ ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން ލިސްޓުގައި ހިމެނޭ އެފަދަ ފަރާތްތަކަށް ހާއްސަ ފޯކަސްއެއް ދިނުން މުހިއްމު ކަމަށް އީވާ ވިދާޅުވިއެވެ.

އެގޮތުން ތަހުގީގުގެ މަރުހަލާ ކުރިއަށްދާއިރު ވެސް އެ ލިސްޓުގައި ހިމެނޭ އެފަދަ މަގާމުތަކުގައި ތިބި މީހުންނަށް ރަނގަޅު ފިޔަވަޅު އަޅަންޖެހޭ ކަމަށާއި ހުކުމް އަންނަންދެން މަޑުކުރަން ނުޖެހޭނެ ކަމަށް އީވާ ވިދާޅުވިއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: