ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ހަވީރު 4:00 އިން ފަތިހު 4:00 އަށް ބޭރަށް ނުކުތުން މަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ބޭރަަށް ނިކުމެ އުޅުން މަނާކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މާދަމާ އިން ފެށިގެން މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު 04:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑް ފެތުރޭ މިންވަރު ނުރައްކާތެރި މިންވަރަކަށް އިތުރުވެފައިވާއިރު އެންމެފަހުން އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ވެސް 1204 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ ހާމަކުރައްވާފައެވެ.

މިއާއެކު ރާއްޖޭގައި މިވަގުތު ބަލި ޖެހިފައި ވާ މީހުންގެ އަދަދު 10،376 އަށް ވަނީ އަރާފައެވެ. ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ކޭސްތައް އިތުރުވަމުން އަންނައިރު، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު ވެސް ވަނީ 244 އަށް އަރާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: