ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑު-19: ގައިޑްލައިނާއި ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ!

މާލޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ގައިޑްލައިނާއި ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑު-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ހަވީރުގެ 04:00 އިން ފަތިހުގެ 04:00 އަށް ކާފިއު ވެސް ވަނީ އިއުލާނުކޮށްފަ އެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަޑުޖައްސާލާފަ އެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދު 1،204 އަށް އަރައެވެ. މީގެ ތެރެއިން 961 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. އެހެންވެ، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް އެންމެ ބޮޑަށް ވާހަކަ ދެކެވެނީ މިވަގުތު އަޅާފައި ހުރި ފިޔަވަޅުތައް ވަރުގަދަ ކުރުމާއި ގުޅޭގޮތުންނެވެ. ހޮސްޕިޓަލުތަކުގެ އެނދުތައް ފުލްވެ، ބައެއް އިތުރު ފެސިލިޓީތަކުގެ އޮޕަރޭޝަންތައް ފެށުމުގެ މަސައްކަތް ކުރިޔަށްގެންދާއިރު ކުރިޔަށް އޮތްތަނުގެ ތެރޭގައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ މަޝްވަރާތައް ދަނީ ކުރިޔަށެވެ.

އެންމެ ބޮޑަށް ވާހަކަ ދެކެވެނީ، ވެރިރަށް މާލެ ސިޓީ ލޮކްޑައުން ކުރުމަށް ނަމަވެސް ފުރަބަންދަކަށް ދިއުމާއި މެދު އަދި ވަކި ގޮތެއް ކަނޑައެއްނާޅަ އެވެ. ކޮވިޑު ކޮންޓްރޯލް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި، އަދި ފަރުވާ ދިނުމުގެ ކަންކަން ހަރުދަނާ ކުރުމުގެ މަޝްވަރާތައް ޑޮކްޓަރުންނާއި ސަރުކާރާއި ދެމެދު ދަނީ ކުރެވެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: