ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނދެއް ނުފެނުނު، އީދު ދުވަހަކީ ބުރާސްފަތި!

އިސްލާމީ މަރުކަޒު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

މިރޭ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހަނދު ކޮމިޓީގެ ބައްދަލުވުމަށް ފަހު ހަނދާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީ އިން އިއްވި ބަޔާނުގައި ބުނީ، ޝައްވާލު މަހުގެ ހުޅެވި ހަނދު މިރޭ އިރުއޮއްސުނު އިރު ރާއްޖެއަށް ނުފެންނާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ދައްކާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށް ވެސް ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާ ކަމަށެވެ.

އެހެން ކަމުން މާދަމާ، 12 މޭއި ވާ ބުދަ ދުވަހަކީ ރަމަޝާން މަހުގެ 30 ވަނަ ދުވަސް ކަމަށް ކަނޑައަޅައި އީދު ދުވަހަކީ މި މޭއި މަހުގެ 13 ވާ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅާ ކަމަށް ވެސް ހަނދު ކޮމިޓީ އިން އިއްވި ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ބުނީ އެންމެހާ ދިވެހިންނަށް ފިތުރު އީދުގެ ތަހުނިޔާ ދަންނަވާ ކަމަށާއި ރޯދަ މަހުގެ އަޅުކަމުގެ ފުރިހަމަ ސަވާބު އެންމެހާ ދިވެހިންނަށް ދެއްވުމަށް އެދޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: