ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އެމްއެމްޕީއާރުސީ ލިސްޓަކީ ކަމާ ނުގުޅޭ މީހުންގެ އަބުރު ކަތިލަން ހިންގާފަ އޮތް ބޮޑު ޖަރީމާއެއް”

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު—
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓަކީ ކަމާ ނުގުޅޭ މީހުންގެ އަބުރު ކަތިލަން ހިންގާފަ އޮތް ބޮޑު ޖަރީމާއެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނާ ލިސްޓުގެ ކޮޕީއެއް ސޯސަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ލިސްޓުގައިވާ ގޮތުން މަލީހަށް ވެސް ދެ ލައްކަ ރުފިޔާ ލިބިވަަޑައިގެންފައި ވެއެވެ. އެއީ 2014 ވަނަ އަހަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ކާރު ތެރޭގައި ހަވާލުކުރި ފައިސާ ކަމަށް އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ މުހައްމަދު ހުސައިން (އޮއިއްޓޭ) މައުލޫމާތު ދީފައިވާ ކަމަށް ލިސްޓުގައި ފާހަގަކޮށްފައިވެއެވެ.

މި ވާހަކަތަކާ ގުޅިގެން މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމާ ނުގުޅޭ ތުހުމަތުވެސް ނުކުރެވޭ މީހުން އެމްއެމްޕީއާރުސީ ލިސްޓަށް ލައިގެން އުޅެނީ ހަޤީޤީ ޚިޔާނާތްތެރިން ސަލާމަތްކުރަން ކަމަށެވެ.

“މުހައްމަދު ހުސެން ބުންޏޭ ބުންޏޭ ކިޔާ ލިސްޓެއް ނެރެފަ ތިޔަޖެހި ސަކަރާތަކީ ބޮޑު އޮޅުވާލުމެއް. ބޮޑު ޖޯކެއް. ބުރޯ ޓީމަށް ނޫނެކޭ ބުނީމަ މިދިޔަ ސަރުކާރުން ކަނޑާލީ” މަލީހު ވިދާޅުވިއެވެ.

އަދި ކޮމިޝަންތައް ހަދައިގެން ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށް ތަހުޤީޤީ ރިޕޯޓެއް ކަމަށް ބުނެ ނެރުނު ލިސްޓުގަ އޮތީ މުހައްމަދު ހުސެން ކިޔާ މީހަކު ކިޔާދީފައި ހުރި ފުލޯކު ވާހަކަ ތަކެއް ކަމަށްވެސް މަލީހު ވިދާޅުވިއެވެ. އަދި މިއީ ކަމާ ނުގުޅޭ މީހުންގެ އަބުރު ކަތިލަން ހިންގާފަ އޮތް ބޮޑު ޖަރީމާ އެއް ކަމަށާއި މިކަން ކުރި ބަޔަކު ޒިންމާ ކުރުވާނެ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން މިނިސްޓަރުކަމުގެ މަގާމުން މަލީހު ވަކިކޮށްފައިވަނީ މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހުއެވެ. މަލީހު މަގާމުން ވަކިކުރުމުން އޭނާ އަންނަނީ ސަރުކާރަަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: