ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތުގެ ލިސްޓަަށް ބަދަލެއް ނުގެނެސް އާންމު ކުރާނަން: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި)-- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު ޕްރެޒިޑެންޝަލް ކޮމިޝަން އޮން އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހުގެ ޖޮއިންޓް ކޮމިޓީއަށް ފޮނުވި ގޮތަށް އާންމު ކުރާނެ ކަމަށް ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއާއި، ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު އިމްތިޔާޒު ވިދާޅުވީ ކޮމިޓީން ލިސްޓު އާންމު ކުރުމަށް ނިންމާފައިވަނީ މިއީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑު މައްސަލައަކަށް ވުމުން މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ތަހުގީގީ އިދާރާތަކުން ލިބިފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ލިސްޓު އާންމު ކުރުންކަމުގައި ދެކޭ ކަމަށެވެ.

މީގެ އިތުރުން މިހާރު ސަބްކޮމިޓީގެ ރިޕޯޓުގައި ލަފާދީފައިވަނީ ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މަޤާމުތަކުން ވަކި ކުރުމަށާއި، ފަޅުރަށްތަކުގެ މައްސަލަތައްވެސް ވީހާވެސް އަވަހަށް ނިންމުމަށް ލަފާ ދީފައިވާނެކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ތަހުގީގުކުރާ 281 މީހުންގެ ނަން ހިމެނޭ ލިސްޓެއް އެސެޓް ރިކަވަރީ ކޮމިޝަންގެ ތައްގަނޑާއެކު ހުށަހަޅާފައިވާކަމަށާއި، އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން ހިމެނޭ ލިސްޓެއް އެސެޓް ރިކަވަރީ ކޮމިޝަންގެ ތައްގަނޑާއެކު ހުށަހަޅާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: