ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިސްޓް މަޖިލީހަަށް ފޮނުވުމުގައި ކޮމިޝަނުން އަމަލު ކުރީ ޒިންމާދާރުކަން ކުޑަކޮށް: ރިޔާޒް

ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް—
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުގައި ފާހަގަވެފައިވާކަމަށް ބުނާ މީހުންގެ ލިސްޓު މަޖިލީހަށް ފޮނުވުމުގައި އެސެޓް ރިކަވަރީ ކޮމިޝަނުން އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓް އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފަ އެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓްގައި 281 ނަމެއް އޮތް އިރު ކުރިން އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ ލިސްޓްގައި އޭރު އޮތީ 267 ނަމެވެ.

ލިސްޓާ ގުޅިގެން ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތުހުމަތު ކުރާކަން ނުވަތަ ޕާސަންސް އޮފް އިންޓަރެސްޓްކަން އެންގުމެއްނެތި އަދި ލިސްޓުގަ ތިބި ބައެއް ފަރާތްތަކާ އެއްވެސް ސުވާލެއްކުރުމެއްނެތި އެފަރާތްތަކުގެ ނަން ހިމަނައިގެން ލިސްޓެއް މަޖިލިހަށް ފޮނުވުމަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރި ކަމެއް ކަމަށެވެ.

ލިސްޓު އާންމު ކުރުމާއި ގުޅިގެން ލިސްޓުގައި ނަން އޮތް ގިނަ ބޭފުޅުން ދަނީ ޓުވިޓާގައި އެކި ޝުއޫރު ފާޅު ކުރަމުންނެވެ. ބައެއް ބޭފުޅުން ވަނީ މިފަދަ ލިސްޓެއް ނެރެފައިވާއިރު މިހާތަަނަށް އެއްވެސް އުވާލެއްވެސް ކޮށްފައި ނުވާކަމަށް ބުނެފައެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް އާންމުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އެއްކޮށްލައިގެން އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއެކުގައެވެ. މި ރިޕޯޓްގައި މިހާރުގެ ވަޒީރުންނާއި ކުރީގެ ވަޒީރުން އަދި މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީން މެންބަރުކަން ކުރެއްވި ބޭފުޅުން އަދި ބައެއް ކުންފުނިތައްވެސް ހިމެނެއެވެ. އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި އެހެން ބައެއް ކޯޓްތަކުގައި ފަނޑިޔާރުން ކުރެއްވި ބޭފުޅުންވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: