ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ އާއިލީ ގުޅުން ބަދަހިކޮށް އެކުވެރިވާންވީ މިވަގުތު: ޖެންޑާ މިނިސްޓްރީ

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޖެންޑާރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ގިނަ އާއިލާތަކެއް ހާލުގައި ދިރިއުޅެމުންދާ މި ދަނޑިވަޅަކީ އާއިލާގެ ތެރޭގައި އޮންނަ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކުގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުން މުހިންމު ވަގުތެއް ކަމަށް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި، ދުވަހުގެ ތަހުނިޔާ ފޮނުވުމަށް ނެރުނު ބަޔާނެއްގަ އެވެ.

ކޮވިޑް-19ގެ ސަބަބުން އާއިލާތަކަށް ސިއްހީ، އިޖުތިމާއީ، ނަފުސާނީ އަދި މާލީ ގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ މި ވަގުތަކީ ވަރަށް ގިނަ އާއިލާތަކަށް ނުތަނަވަސްކަމާއި ކަންބޮޑުވުން އޮތް ކަމެއް ކަމަށް ޖެންޑާ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އާއިލާގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކު މީހުންނާ ހަމައަށް ކޮވިޑް ބަލި ގެންދާ މީހަކަށް ނުވެ، މި ބަލިން ރައްކާތެރިވުމަށްޓަކައި އާއިލާގެ ހުރިހާ އެންމެން ވެސް ފަރުދީ ޒިންމާ އަދާކުރުމަށް ވެސް ޖެންޑާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އާއިލާތަކުގެ ދުވަހެއް ފާހަގަކުރަމުން އަންނައިރު، އާއިލާގެ ފަރާތުން ރައްކާތެރިކަމާއި އަޅާލުމާއި ލޯބި ނުލިބުމުގެ ސަބަބުން އާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަހުރޫމު ވެފައިވާ ގިނަ އަދަދެއްގެ ކުދިންނާއި މީހުން، އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މަރުކަޒުތަކުގައި ތިބިކަން ކަންބޮޑުވުމާއެކު އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ އަހަރެއްހާ ދުވަހު ކޮވިޑާއެކު އާއިލާތަކަށް ކުރިމަތިވި ގޮންޖެހުންތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ކޮށްފައިވާ ކަންކަން ވެސް މި ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ކޮވިޑް-19އިން ރައްކާތެރިވާން ލޮކްޑައުން ކުރުމާ ގުޅިގެން މާލެ އާއި އަތޮޅުތެރެއިން ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދޭން ޖެހުނު އާއިލާތަކަށް އެ ކަންކަން ފުރިހަމަ އަށް ކޮށްދެވުނު ކަމަށާއި އާއިލާތަކަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދުމަށް  ކަންކަން ހަމަޖައްސައިދިނުމުގެ މަސައްކަތް ވެސް ފުރިހަމައަށް ކުރުވެނު ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

ޖެންޑާ މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި، ކޮވިޑްގެ ސަބަބުން ދިމާވި ދަތި އުނދަގޫތަކާ އެކު ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ބަދަލުވާން ބޭނުންވި އާއިލާތަކަށް އަމާޒުކޮށްގެން މިހާރު ވެސް ކުރިއަށް ގެންދާ “އަހުލު” ޕްރޮގުރާމްގެ ދަށުން މާލޭގައި ދިރިއުޅުނު ނުވަ އާއިލާއަކަށް އަތޮޅު ތެރޭގައި އުޅެވޭނެ އިންތިޒާމު ހަމަޖައްސައި ދީފައި ވާނެ ކަމަށެވެ.

އާއިލާގެ ތެރޭގައި ދިމާވާ މައްސަލަތައް މަދުކުރުމަށާއި އޭގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އާއިލާއާ ބެހޭ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތާއި ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި “ގެވެށި ގުޅުން” ގެ ނަމުގައި ގައުމީ ފެންވަރުގެ ކެމްޕެއިނެއް ކުރިއަށް ގެންދާކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. ޖެންޑާ މިނިސްޓްރީން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމު ކޮށްފައި ހުރި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކުގެ ފެންވަރު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ޕްރޮގުރާމްގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: