ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާލްގައިޑުގެ އެނުއަލް އީދު ޕްރޮޖެކްޓުގައި ފަސްޓް ލޭޑީ ފަޒުނާ ބައިވެރިވެވަޑައިގެންފި

ގާލްގައިޑުން ކުރިއަށްގެންދިޔަ އެނުއަލް އީދު ޕްރޮޖެކްޓުގައި ފަޒްނާ ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ގާލްގައިޑު އެސޯސިއޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގާލްގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށްގެންދާ އެނުއަލް އީދު ޕްރޮޖެކްޓުގެ މިއަހަރުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި އެ އެސޯސިއޭޝަނުގެ ޗީފް ގައިޑް ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ގާލްގައިޑް އެސޯސިއޭޝަނުން އިސްނަގައިގެން ކޮންމެ އަހަރަކުވެސް އީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދެއެވެ. ގާލްގައިޑު އެސޯސިއޭޝަނުން މި ހަރަކާތް ކުރިއަށްގެންދަނީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބެނުންވާ މީހުންގެ މަރުކަޒުގައެވެ.

ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން މިދިޔަ އަހަރާއި މިއަހަރުވެސް މި ހަރަކާތްތައް ކުރިއަށް ގެންދިޔައީ ވާޗުއަލްކޮށެވެ.
މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މެޑަމް ފަޒުނާ ވިދާޅުވީ މިއީ ވަރަށް މުހިންމު އަދި ވަރަށް ބޭނުންތެރި ހަރަކާތެއް ކަމަށެވެ. އަދި ކޮވިޑުގެ މި ހާލަތުން އަރައިގަނެގެން މި ހަރަކާތުގެ ތެރެއިން އެންމެ ފުރަތަމަ ކުރައްވާ ދަތުރުގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފަންނާނުންނާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގައި މެޑަމް ފަޒުނާގެ އިތުރުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ކުރިއަށްގެންދިޔަ މި ހަރަކާތުގައި މެޑަމް ފަޒުނާ ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.
ގާލްގައިޑު އެސޯސިއޭޝަނުން ބުނީ ކޮވިޑާ ގުޅިގެން މިއަހަރުގެ ހަރަކާތް ވާޗުއަލްކޮށް ބޭއްވި ނަމަވެސް ގުރައިދޫ މަރުކަޒުގައި ތިބި މީހުންނަށް އީދު ހަދިޔާ ފޮނުވާފައިވާ ކަމަށެވެ. އަދި އެ މަރުކަޒަށް ބޭނުންވާ ތަކެތީގެ އެހީތެރިކަންވެސް ފޯރުކޮށްދިން ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އެ އެސޯސިއޭޝަނަށް މިއަހަރު ޑޮނޭޝަންގެ ގޮތުގައި ލައްކަ އަކަށްވުރެ ގިނަ ރުފިޔަ ލިބިފައިވާ ކަމަށް ހާމަކުރައްވާފައިވެއެވެ.
2000 ވަނަ އަހަރުން ފެށިގެން ގާލްގައިޑު އެސޯސިއޭޝަނުން ކުރިއަށްގެންދާ މި ހަރަކާތް ކޮންމެ އަހަރަކު ފިތުރު އީދު ދުވަހާ ގުޅިގެން ހިންގަމުންދެއެވެ.
ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: