ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލު ފަތުރުވެރިން ރާއްޖެއަށް އައުން މަނާކުރަން ގޮވާލާ ކުއްލި މައްސަލައެއް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ އުދުވާންތައް ކުށްވެރިކޮށް އެ ކަންކަން ހުއްޓާލަން ދެން އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވައި ދިނުމަށް އެދި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.

ޝިޔާމްގެ އިތުރުންވެސް ފަލަސްތީން މައްސަލައިގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމްވެސް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އެއްކަމެއްގައި ދެ ކުއްލި މައްސައެއް އޮތުމުން މަޖިލީހުން އާންމުކޮށް އަމަލުކުރާ އުސޫލުން ގުރު ލުމުން ގުރު ދިމާވެފައިވަނީ ޝިޔާމަށެވެ.

ޝިޔާމް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ ވޯޓުންނެވެ.

މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވަނީ އިޒްރޭލުން އަރައިގެނެ ފަލަސްތީނުގެ ބިންތަކުގެ ވަޒަންވެރިން ނެރެ، އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް އަދި މިހާރު ގާޒާއަށް ދެމުންދާ ހަމަލާތައް ކުށްވެރި ކުރައްވާފަ އެވެ. އޭގެ އިތުރުން މުސްލިމުންގެ މުގައްދަސް މިސްކިތް މަސްޖިދުލް އަގްސޯއަށް އިޒްރޭލްގެ ސިފައިން ވަދެ ދިން ހަމަލާތަކާއި އަދި ގައްޒާއަށް މިހާރުވެސް ކެނޑިނޭޅި ދޭ ހަމަލާތައް ކުށްވެރި ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ސައްތަ ސައްތަ މުސްލިމް ގައުމަކަށްވެ އޮވެގެން ހަމައެކަނި އެ އުދުވާންތައް ކުށްވެރިކުރުމުގެ ބަދަލުގައި އަމަލީ ގޮތުން ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އިޒްރޭލްގެ އުދުވާން ހުއްޓާލަންދެން އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވައި އަދި އެ ގައުމުގެ މުދާ އެތެރެކުރުން ހުއްޓާލުމަށެވެ.

ޝިޔާމްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީން ރައްޔިތުންނާއި ލާއިންސާނީ އަނިޔާ ދެމުން އަންނަކަމަށާއި، އަލްއަޤްސާ މިސްކިތަށްވެސް ހަމަލާ ދީފައިވާކަމަށެވެ. އަދި މި ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުންވެސް މަރަމުން އަންނަކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: